މުހުތާޒް އަލުން ހައްޔަރުކުރަން ހައި ކޯޓުން އަމުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރު ނެރެފައިވާ ކަން
ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހުތާޒް މުހުސިން އަލުން ހައްޔަރުކޮށް އޭނާގެ ބަންދަށް ހައި ކޯޓުން ދެންމެ 15 ދުވަސް ޖަހައިފި އެވެ.
މުހުތާޒްގެ ވަކީލު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހުތާޒްގެ ބަންދަށް ހައި ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. މުހުތާޒްގެ ބަންދުގެ މުއްދަތު ހައި ކޯޓުން މި އިތުރުކުރީ، އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން، މުހުތާޒް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި،
ދޫކޮށްލުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.ހައި ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ރޭ ފެށުމަށް ފަހު، އަޑުއެހުންތައް ނިންމާލީ މިއަދު މެންދުރެވެ. ރައީސް ޔާމީން ހައްޔަރުކުރަން ކޯޓު އަމުރު ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް
މެޖިސްޓްރޭޓް އަހުމަދު ނިހާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ހައި ކޯޓު
އަމުރާ އެކު ހައްޔަރުކުރި ނިހާން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ހައި
ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ