ޕީޕީއެމްގެ ނަމުގަ ރައީސް މައުމޫން އަމިއްލަފުޅަށް ކުރައްވާ ކަންކަމުގެ މައްސަލަތައް ބެލޭނެ: ޒުހޫރު

ޕީޕީއެމްގެ ނަމާއި ތައްގަނޑު ބޭނުންފުޅުކުރައްވައިގެން ރައީސް މައމޫން ޢަބްދުލްޤައްޔޫމް އަމިއްލަފުޅަށް ކުރައްވާ ކަންކަމުގެ މައްސަލަތައް ކަމާއިބެހޭ މުއައްސަސާތަކަށް ހުށަހަޅައި ބެލޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުހޫރު މިމޭރުމުން ވިދާޅުވީ ޕީޕީއެމްގެ ޢާންމު މެންބަރެއްގެ ހައިޞިއްޔަތުންނެވެ.
ޒުހޫރު ވިދާޅުވީ ޕީޕީއެމްގެ ކަންކަން މިހާރު ހިންގަމުން ގެންދަނީ ޕީޕީއެމް ވާގިނެތި ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތިފައި އޮއްވާ ކޯޓުން ނެރެދިން އަމުރުގެދަށުން ޕާޓީގެ ކައުުންސިލުން ކަންކަން ނިންމައިގެން ކަމަށެވެ.
ޒުހާރު ވިދާޅުވީ ކައުންސިލުން ވަނީ ޕާޓީ ހިންގުުމުގެ ހުރިހާ ބާރާއި އިޚްތިޔާރުތަކެއް ޕާޓީގެ މުޝްތަޝާރު ރައީސުލްޖުމްހޫރއިއްޔާ ޢަބްދުﷲ ޔާމީން އާއި ހަވާލުކޮށްފައި ކަމަށެވެ. އެހެންކަމުން ރައީސް މައުMޫނަކީ އަމިއްލަފުޅަށް ކަންކަން ނިންމަވައި ޕާޓީގެ ނަމާއި ތައްގަނޑު މިހާރު ބޭނުންފުޅު ކުރެއްވޭނެ ބޭފުޅެއް ނޫން ކަމަށެވެ.
ޒުހޫރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ ސިޔާސީ ޕާޓީތައް އުފެއްދުމަށްފަހުު އެއީ އުފަައްދަން މަސއްކަތްކުރުމުގައި އިސްކޮށްހުރި މީހެއްގެ އަމިއްލަ ތަރިކަ މުދަލެއްގެ ގޮތުގައި ދެކޭތީ ކުރިމަތިވާ މައްސަލަތައް ކަމަށެވެ. "އެއްވެސް ސިޔާސީ ޕާޓީއަކީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލެއް ނޫން. އެއްވެސް މީހެއްގެ މިލްކެއް ނޫން ޕާޓީއަކ ޕާޓީގެ މެންބަރުން ނިންމާ ގޮތަކަށް ކަންކަން ނިންމަންޖެހޭނީ."
ޒުހޫރު ވިދާޅުވީ ޕީޕީއެމް މިހާރު ހިންގަމުން ގެންދަނީ ޕާޓީގެ ކައުންސިލުން ކަންކަން ނިންމައިގެން ކަމަށާއި އެހެންކަމުން އެކަމަށް ކުރިމތިކުރުވޭނެ އެއްވެސް މައްސަލައެއް ނުއޮންނާނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ޕާޓީއެއް ހިޞޯރު ނުކުރެވޭނެ ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ