ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް މަހާޒް ޢަލީ ޒާހިރުގެ ނަން ހުށައަޅައިފި

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމަށް  ގދ.މަޑަވެލި މޭނާ އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ޢައްޔަންކުރުމުގެ ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ލަފަޔަކަށް އެދި ހުށައަޅައިފިއެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަން ކުރަނީ ދާދި ފަހުން އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޢަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ. އެއާއެކު ފަނޑިޔާރުކަމަށް ނަން ހުށައެޅުމަށްވެސް ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ފަހަކުން ހަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ފުރަތަމަ ފަހަރަށް އަންހެން ދެ ފަނޑިޔާރުން އިއްޔެވަނީ ސުޕްރީމް ކޯޓަށް ޢައްޔަން ކުރައްވާފައެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ