ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަތުން ޖެހި، ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
މަޖިލިހުގެ އިދާރާގެ ތެރޭގައި ގާސިމް، ޝަރީފަށް ހަމަލާ ދެއްވި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް އެކަން ގެންނަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ގާސިމް، ޝަރީފް ހަމަލާ ދެއްވުމުގެ ސަބަބުން ޝަރީފްގެ ބޮލަށް އެނބުރުން އަރާފައިވާ ކަމަށެވެ. އަދި އެކަން ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިފަދަ ކަންކަން ހިނގައިގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އާޒިމް ވިދާޅުވި އެވެ.
#friendlyfire @qasimibrahim @kelaaibrey pic.twitter.com/5JawfWtHfq— Anwer Ibrahim (@anweriburahim) October 22, 2019
ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހޮސްޕިޓަލަށް ގެންދާ ވީޑިއޯއާޒިމް އެކަން ފާހަގަކުރެއްވުމާ ގުޅިގެން ނަޝީދު ވަނީ ޝަރީފްގެ ހާލު ބެއްލެވުމަށް ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމަށް އަންގަވައިފަ އެވެ. އެކަމާ ބެހޭ ގޮތުން ނަޝީދު ފަހުން ވާހަކައެއް ނުދައްކަވަ އެވެ.
ގާސިމަށް ކުރާ ތުހުމަތާ ގުޅިގެން މަޖިލިހުގެ ޖަލްސާގައި އޭނާ ވިދާޅުވީ ޝަރީފަށް ހަމަލަ ދެއްވާފައި ނުވާނެ ކަމަށެވެ. އެކަމަކު، އޭނާ "ސޭޓޭ ގޮވީމާ" އަތް ދިއްކޮށްލެއްވި ވަގުތު، އަތުން ޖެހުނީ ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް އަތް ދިއްކޮށްލެއްވީ ސަމާސާކޮށްލުމުގެ ނިޔަތުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަތުން މަޑުމަޑުން ޖެހިލީ، އެހެންވެ އެ ވާހަކަ ވެސް ބުނެލީ، ރައްޔިތުންނަށް ހީވާނެ އަޅުގަނޑު މީހަކު ގައިގައި ތަޅައިގަތީއޭ، އެހެނެއް ނޫން، ސަމާސާއެއް ކުރި ކުރުމުގައި އަތް ޖެހުނު އޭނާގެ ބޮލުގައި، އެއީ ތެދު ވާހަކައެއް، ވަރަށް މަޑުމަޑުން ގޮސް ޖެހިލީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޝަރީފްގެ ބޮލަށް އެނބުރުން އެރި ނަމަވެސް އެއީ އޭނާގެ ފަރާތުން ވީ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިއީ "ފިލްމު ކުޅޭ ތަނެއް" ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް "ދިއްކޮށްލެއްވި" އަތުން ޖެހި މެމްބަރު ޝަރީފަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ