އެމްޑީޕީން މާލޭގައި ބައްވާ ދުވުން ފެށޭނީ މާދަމާ ހަވީރު 4:30 ގައި

އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ, މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އިންތިޒާމުކޮށްގެން މާދަމާ ހަވީރު މާލޭގައި ދުވުމެއް ބާއްވަން ނިންމައިފިއެވެ.
"ޖަޒީރާ ދުވުން" ގެ ނަމުގައި ބާއްވާ އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަިއވަނީ މާދަމާ ހަވީރު 4:30 ގައެވެ. އެކުވެނި ޓްރެކުން ފަށުމަށް ހަމަޖެހިފައިވާ އެ ހަރަކާތް ނިންމާލަން އޮތީ އެމްޑީޕީ ހަރުގެއަށް ކަމަށް އެ ޕާޓީން ބުނެއެވެ.
ދުވުން ނިންމުމަށްފަހު ދުވުމުގައި ބައިވެރިވި ފަރާތްތަކާއެކު ޖަޒީރާ ރައީސްގެ ސްކަޕް ޕޯލެއް އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ދުވުމުގެ އެ އެހަރަކާތަކީ އެމްޑީޕީގެ ކެމްޕެއިން ފެށުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެމްޑީޕީން ދަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ