ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ބަލާ ފާސްކުރަން ފެށިތާ ގާތްގަނޑަކަށް ދެ ގަޑިއިރުވެފައިވަނިކޮށް ރައީސް މައުމޫންގެ ދެކަނބަލުން އެ ގެއަށް ވަޑައިގެންފި އެވެ.
ރައީސް މައުމޫން ވަޑައިގެންނެވީ ދަރިލަކަލުން ފާރިސް ދިރިއުޅުއްވާ ސްނޯ ރޯޒްއިންނެވެ. އެމަނިކުފާނު އެ ގެއަށް ވަޑައިގަތީ ފާރިސް ހައްޔަރުކުރަން އުޅޭ ކަމަށް އަޑުތައް ފެތުރުމާއެކު އެވެ.
އެންދެރިމާގެ ބަލާ ކުރުމާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ، ކޯޓް އަމުރުގައި އޮތީ އޭނާގެ ދަރިކަލުން ފާރިސް މައުމޫނާ ގުޅުން ހުރި ތަންތަން ބަލައި ފާސް ކުރަން ކަަމަށާއި ނަމަވެސް އެންދެރިމާގޭގައި އެފަދަ ތަނެއް ނުހުންނާނެ ކަމަށެވެ.
"އެންދެރިމާގެއަކު ފާރިސް މައުމޫނުގެ ކޮޓަރިއެއް އޮފީހެއް ނުހުންނާނެ. މިހެން ބުނި ނަމަވެސް ވަދެ ގަތީ އަދި ތަންތަނާއި ތަކެތި ބަލަނީ،" މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން މިހާރު ވަނީ އެ ގޭގެ ފުރަތަމަ ފްލޯ ފާސްކޮށްފަ އެވެ. އަދި ރައީސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެންދެރިމާގޭ ބަލައި ފާސްކުރުމަށް ކްރިމިނަލްކޯޓުގެ ގާޒީ ހުސައިން ޝާހިދު ސޮއިކުރައްވައި އަމުރެއް ނެރެފައިވަނީ އެއީ ފާރިސްއާ ގުޅުން ހުރި ތަނެއް ކަމަށް ބުނެ އެވެ. އެ އަމުރުގައި ފާރިސްއަށް ކޮށްފައިވާ ތުހުމަތަކީ ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފު މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި ހެކި ހޯދުމެވެ.
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރަނީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ. މިކަމާ ގުޅިގެން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ ގެ ބަލާ ފާސްކޮށް ފުލުހުންނަށް އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ. އެކަމަކު ވެސް ފާރިސް ހައްޔަރުކޮށްގެން ދިޔައީ ކަމަށެވެ.
ފާރިސް މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ. ހައްޔަރުކޮށްގެން ގެންދަނިކޮށް ފާރިސް، އޭނާގެ ސަޕޯޓަރުންނަށް އިޝާރަތް ކުރައްވާ ހިތްވަރުކުރަން އެދިވަޑައިގެންފައިވެ އެވެ.
ބަލާ ފާސްކުރަނިކޮށް މައުމޫން ގެކޮޅަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ