މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން މ އަތޮޅާއި ހަމައަށެވެ. އެގޮތުން މި ސަރަހައްދަށް މިއަދު 8:30 އިން 14:30 އާދެމެދު ވަގުތުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.
ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރާގައި އިއްޔެ ހެނދުނު މާލޭގެ ގެތަކުގައި ފެންބޮޑުވެގެން މެޓް އޮފީހުން އެ ގެތައް މޮނިޓާ ކޮށްފައިވެއެވެ. މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ވޮލެންޓިއަރުންނާއެކު ޖުމުލަ 26 ގެއެއްގެ ހާލަތު މޮނިޓަކޮށްފައިވާކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ޅ.ހިންނަވަރު، ޅ.ނައިފަރު، ގއ.ވިލިނގިލި އަދި ތ.ތިމަރަފުއްޓަށް އިއްޔެ ކުރި ވިއްސާރާގައި އެކި ގެއްލުންތަކާ ވަނީ ކުރިމަތިވެފައެވެ. އެ ރަށްރަށުގެ ހާލަތު މޮނިޓަ ކޮށް އެ ރަށްރަށަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޒާސްޓާ މެނޭޖްމަންޓްގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ