މ.ކޮޅުފުށި ސްކޫލް 8 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފި

މ.ކޮޅުފުށި ސްކޫލް 8 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ. 
މިއަދު ސޮއި ކުރެވިގެން ދިޔަ އެގްރިމެންޓަކީ މ.ކޮޅުފުށި ސްކޫލް 8 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓެކެވެ. މިއީ PSIP 2019 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެވެ.
އެފަރާތުން ހުށަހަޅުއްވާފައިވަނީ 7,669,098.76/-(ހަތް ލައްކަ ފަސްދޮޅަސް ނުވަހާސް ނުވަދިހަ އަށް ރުފިޔާ ހަތްދިހަ ހަ ލާރި) އަށް މި މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.
އެހެންކަމުން 2020 ވަނަ އަހަރު އޯގަސްޓް މަހުގައި މި މަސައްކަތް މުޅިން ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހީމް އެވެ. އަދި
މާރިސް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ