މޫސުން ވަރަށް ގޯސް. ސަމާލުވޭ!


މިއަދު ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ދެކުނާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކެމަށް ލަފާކުރެވޭ ކަމަށާއި، އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރާނޭ ކަމަށެވެ.
އެގޮތުން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައި ވަނީ ކ އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކާއި ހަމަ އަށެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:30 އިން 11:30 ގެ ނިޔަލަށެވެ. އަދި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރެފަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
އެހެންކަމުން ކަނޑު ދަތުރުކުރައްވާއިރު މޫސުމަށް ބަލައިގެން ދަތުރު ކުރެއްވުމަށް އެ އިދާރާއިން އިލްތިމާސް ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ