ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް އައު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައެވެ.
ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ކުރިމަތިވި އިރު، ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގައި ހުންނެވި، ރައީސް މައުމޫންގެ އެ ބަޔާނުގައި ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންގެ ބަޔަކާ އެކު، މާލެ އަރައި، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ނަގާލުމަށް ދިން އުދުވާނީ ހަމަލައިން ރާއްޖެ ސަލާމަތް ކުރައްވައި، ނަސްރު ދެއްވި ކަމަށްޓަކައި ހަމްދު ކުރައްވާކަމަށެވެ.
އަދި އެ ދުވަހު ސިފައިން ވެވަޑައިގެން މަތިވެރި ގުރުބާނީ އާއި ކުރެއްވި އަގުހުރި ޖިހާދު ގެ ހަނދާން އައު ކޮށް، އެ ހިތްވަރު ގަދަ ގައުމީ ބަތަލުން ސާބިތު ކަމާއެކު ކުރެއްވި މަސައްކަތް ތަކަށް އައްސަރިބާހާއި ސާބަސް ރައްދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރި ކުރައްވައި، އަމަން އަމާން ކަން ރައްޔިތުނަށް ކަށަވަރު ކޮށްދެއްވުމަށް، އިންތިހާބީ ރައީސް އާއި އަލައް އުފެދޭ ސަރުކާރުން ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަގީން ކަން އަރުވާކަމަށެވެ.
އަދި އެ މަސައްކަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެއްބާރު ލުމާއި ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިހަށް އަރުވާ ކަމަަށެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިހު ދިން އުދުވާނީ ހަމަލާ އަކީ ދިވެހިންގެ މަދުބަޔަކު އިސްވެތިބެ ރައީސް މައުމޫނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ހަތިޔާރުއެޅި ތަމަޅަކުލީ ސިފަންގެ ބަޔަކާއި އެކު ރާއްޖެއައިސްދިން އުދުވާނީ ހަމަލާ އެކެވެ.
އެހަމަލާގައި ސިފައިންގެ 8 ބޭކަލުންނާއި އާއްމުންގެ ތެރެއިން 11 މީހުން ޝަހީދުވިއެވެ.
މިނިވަންކަން ދެމެހެއްޓުމަށް އައު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ