ދިއްގަރު ދާއިރާގެ ގޮނޑި ނާޒިމަށް ނުލިބުނު

ދިއްގަރު ދާއިރާގެ ގޮނޑިއަށް އަނެއްކާވެސް ވާދަ ކުރެއްވި އަހުމަދު ނާޒިމަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނާޒިމް ތަމްސީލް ކުރެއްވީ ދިއްގަރު ދާއިރާ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި އޮތުމުން އޭނާގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ. އޭގެ ފަހުން އެ ދާއިރާ ތަމްސީލު ކުރައްވަނީ ރައިސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ.
ސުޕްރީމް ކޯޓުން މިހާރު ވަނީ ނާޒިމަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ.
އެ ހުކުމާއެކު ދިއްގަރު ދާއިރާއަށް އަލުން ވާދަ ކުރައްވާނެކަން ނާޒިމް އިއުލާން ކުރެއްވި އެވެ. މިފަހަރުގެ އިންތިހާބުގައި ނާޒިމް ވާދަ ކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދާއެކު އެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ.
އެ ދާއިރާއިން ކާމިޔާބު ހޯދީ އެމްޑީޕީގެ ކެންޑިޑޭޓް އިކްރަމް ހަސަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ