މައްޗަންގޮޅި މެދުދާއިރާގެ ކެންޑިޑޭޓު އިބްރާހީމް، ދާއިރާގެ ރައްޔިތުންނަށް ޚާއްސަ އޮފީހެއް ހުޅުވައިފި

މައްޗަންގޮޅި ރައްޔިތުންނަށް، ވަކިން ހާއްސަކޮށް މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށް ކައިރިން ހިދުމަތް ދިނުމަށް މައްޗަން ގޮޅި ރައްޔިތުންގެ އޮފީހެއް އެދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ހުޅުވައިފިއެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުވައިދެއްވީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު، އިއްބެ އެވެ. މައްޗަންގޮޅީގެ ރައްޔިތުންނަށް ހާއްސަ މި އޮފީސް މިއަދު އިއްބެ ހުޅުއްވައި ދެއްވާފައި ވަނީ އޭނާގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމުގެ ގޮތުންނެވެ. މި އޮފީހަކީ ސައިޒުން އެހާ ބޮޑު އޮފީހެއް ނޫންނަމަވެސް މި އޮފީހުން މެންބަރެއްގެ ކިބައިން ލިބެންޖެހޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ އޮފީހެއްކަމަށް އިއްބެ ވިދާޅުވިއެވެ.
އިއްބެ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުކަން ފަދަ ރައްޔިތުންނަށް ހިދުމަތްކޮށްދޭ މަގާމަކަށް ކުރިމަތިލާއިރު ރައްޔިތުންނަށް ފަސޭހައިން ''އަތުޖެހޭ ހިސާބެއްގައި' މެންބަރުން ތިބުމަކީ މުހިއްމު ކަމެކެވެ. މެންބަރު ރާއްޖެއިން ބޭރަށް ދާނަމަ ރައްޔިތުންނާ ދިމާވާން އުނދަގޫވާނެ ކަމަށާއި، މި އޮފީހަކީ އެފަދަ ކަންކަމަށް ރައްޔިތުންނަށް ފަސޭހަކޮށްދެއްވުމަށް ގާއިމް ކުރެއްވި އޮފީހެއްކަމަށް އިއްބެ ވިދާޅުވިއެވެ.
މި އޮފީހުގެ އެންމެ ފުރިހަމަ ބޭނުން ކުރެވޭނީ މާދަމާ ލެވޭ ވޯޓުން ކަމަށް އިއްބެ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ