"ޓީޓީއެމް އެވޯޑްސް 2019" ގައި ރާއްޖޭގެ ހޮސްޕިޓޭލިޓީ ދާއިރާގެ 20 ފަރާތަކަށް އެވޯޑް ދީފި

"ޓީޓީއެމް އެވޯޑްސް 2019" ގައި ރާއްޖޭގެ ހޮސްޕިޓޭލިޓީ ދާއިރާގެ 20 ފަރާތަކަށް އެވޯޑް ދީފިއެވެ.
ޓްރެވަލް ޓްރޭޑް މޯލްޑިވްސްއިން ރާއްޖޭގެ ހޮސްޕިޓޭލިޓީ އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ 20 ފަރާތަށް އެވޯޑު ދީފައިވަނީ ޓީޓީއެމް އިން މިމަހުގެ 13 ގައި ބޭއްވި އެވޯޑްސް އެންޑް ގާލާ ނައިޓްގަ އެވެ.
ރާއްޖޭގެ ހޮސްޕިޓޭލިޓީ އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ 20 ފަރާތެއް ހޮވާފައިވަނީ ރާއްޖޭގެ ރިޒޯޓް ތަކުން ނޮމިނޭޓު ކުރިފަރާތްތަކަށް ބެލުމަށްފަހުއެވެ. މީގެ އިތުރުން ރާއްޖެ އަދި ރާއްޖެއިން ބޭރުގެ ކުންފުނިތަކުންވެސް ސޭލްސް އެންޑް މާކެޓިން މެނޭޖަރުންގެ އިތުރުން ޑިރެކްޓަރުންނަށްވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ.
އޮކްރާ މީޑިއާ ގްރޫޕްއިން އިންތިޒާމުކުރި ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އެވޯޑު ބާއްވާފައިވަނީ ތިންދުވަހުގެ މުއްދަތަަކަށް ބޭއްވި ޓްރެވަލް ޓްރޭޑް ފެއަރ އަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ