ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކުރި މަސްތުގެ ހާލަތުގައި ހުރި ބިދޭސީ މީހާ ކޯޓުން ދޫކޮށްލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ބަންދުން ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް ބަންދުން ދޫކޮށްލީ ކީއްވެތޯ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެމީހާ ދޫކޮށްލި ނަމަވެސް އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީސް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ބިދޭސީ މީހާއަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާއަށް ނިސްބަތްވާ ޑޮކްޓަރެކެވެ.
މި ފިރިހެންމީހާ މަސްތުގެ ހާލަތުގައި ހުރެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އިސްލާމްދީނަށް ފުރައްސާރަކުރާ ވީޑިއޯއެއްވަނީ އާންމުވެފައެވެ. އަދި އެމީހާ ވަނީ އޭނާގެ ބާރު ރާއްޖޭގައި އޮންނާނެކަމަށްވެސް ބުނެފައެވެ.
އޭނާ ގޭގެ ދޮރުމައްޗަށް ވެއްޓުމުގެ ސަބަބުން ބޮލުން ލޭ ފޭބިކަންވެސް ފާހަގަކޮށްލެވެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން އަމަލުކުރި ގޮތަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މަސްތުގެ ހާލަތުގައި ހުއްޓާ ހައްޔަރުކުރި ބިދޭސީ މީހާ ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ