ހުއްދައަކާ ނުލާ އެއްވެއުޅުން މަނާކުރުން: މެމްބަރު މީކާއިލް ހޫނުފެނަށް

އެއްވެއުޅުމުގެ މިނިވަންކަން ހޯދައިދިނުމަށް އެމްޑީޕީން ކުރި މަސައްކަތް ބޮލާލާ ޖަހައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވުމުން އޭނާ ހޫނުފެނަށް ވެއްޓިއްޖެއެވެ.
މިމަހުގެ 14 ވަނަ ދުވަހު ހޯމް މިނިސްޓްރީން ވަނީ އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ކާނިވާ ސަރަހައްދު ފިޔަވައި މާލޭގެ އެހެން އެއްވެސް ތަނެއްގައި ބޭއްވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭ ހާއްސަ ހުއްދައާއެކުކަމަށް އަންގާ ބަޔާނެއް ނެރެފައެވެ.
މިބަޔާން ހިއްސާކުރަމުން މެމްބަރު މީކާއިލް އޭނާގެ ޓްވިޓަރގައި ވިދާޅުވެފައިވަނީ މީގެ ދެއަހަރެއްހާ ދުވަސްކުރިން އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދައުލަތުން ކަށަވަރުކޮށްދީފައިކަމަށެވެ.
އަދި ކުރީ ސަރުކާރުގައި އިދިކޮޅުން ޕާޓީއެއްގެ ގޮތުގައި އޮވެ އެންމެ ބޮޑަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކޮށް އެމްޑީޕީން ކުރި މަސައްކަތް ބޮލާލާ ޖަހާފައިވާކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.
A little over two years ago, we were incarcerated for exercising a basic freedom guaranteed by the constitution: the right to peaceful assembly. This flies in the face of everything we fought for. People should be allowed to protest provided they take measures to prevent covid. https://t.co/VDRqhs7Gbn
— Mickail Naseem ???? (@MickailNaseem) July 14, 2020
">Twitter Embeded
މީކާއިލްގެ މި ޓްވީޓާއެކު އެތައް ބަޔަކު އޭނާއަށް ވަނީ ރައްދު ދީފައެވެ. އެގޮތުން ކުރިން އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމަށް މީކާއިލް ވަކާލާތު ކުރެއްވިނަމަވެސް މިއީ އެދުވަސް ނޫންކަމަށާއި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އަދި މަޖިލީހަށް ކުއްލި މައްސަލައެއް ވެއްދުންފަދަ އެތައްކަމެއް މީކާއިލްއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރެވިދާނެކަމަށް ގިނަ މީހުން ވަނީ ބުނެފައެވެ. އަދި އޭނާ ނިސްބަތްވާ ޕާޓީއިން ސަރުކާރު ހިންގުމާއެކު މަޖިލީހުގައިވެސް އެޕާޓީގެ މެޖޯރިޓީ އޮވެމެ މިފަދަ ކަމެއް ހިނގާދިޔުމުން މީކާއިލްއަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މިމަހުގެ ކުރީކޮޅު އަންހެނުންނަށް ކުރާ އަނިޔާއާއި، ރޭޕްގެ މައްސަލަތަކެއް ފެންމަތިވެ އެކަމަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ ބަޔަކު އެއްވެ ވަނީ މުޒާހަރާތަކެއް ފަށާފައެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި ހިމެނޭ ބައެއް މީހުންނަށްވެސް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭއިރު ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މިހަފްތާގައި މަގާމުން ވަކިކުރީވެސް މިފަދަ މައްސަލައަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ