އިހްލާސްތެރި ވާދަވެެރި ލީޑަރެއް ކަނޑައެޅުމަކީ ސިޔާސީ ވާދަވެރިންގެ ކަމެއް: ރައީސް ނަޝީދު

އިހްލާސްތެރި ވާދަވެެރި ލީޑަރެއް ކަނޑައެޅުމަކީ ސިޔާސީ ވާދަވެރިންގެ ކަމެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިހްލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށާއި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، އަދި އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭގޮތް ރައްޔިތުންނަށް ސާފުވުން މުހިންމު ކަމަށެވެ."ލީޑަރު ހުންނަވާ ތަނަށްވުރެ، ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މުހިންމު،" ނަޝީދު ވިދާޅުވި އެވެ.ރައީސް ނަޝީދުގެ މި ވާހަކަތައް އާއިރު ސިޔާސީ ވާދަވެރި ޕާޓީތަކުން ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު ދެއްވާފައިވީ ނަމަވެސް، އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާ ކަން އޮޅިފައިވާ ކަމަށް އިދިކޮޅުން ވެސް ވަނީ. ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ