މެމްބަރު ސައީދު ވިދާޅުވީ ތެދެއް، އެނދު އެބަ މަދުވޭ: މެމްބަރު ހަލީމް

މިއަދު އޮތް މަޖިލިސް ޖަލްސާގައި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ސައީދު، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އެނދު ނެތިގެން އުޅޭކަމަށް ވިދާޅުވުމުން، މެމްބަރު ސައީދު ވިދާޅުވީ ތެދެއް ކަމަށާއި، އެނދު މަދުވާ ކަމަށް ވިދާޅުވެ، ބިލެތްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ހަލީމް ސައީދުގެ ވާހަކައަށް ރަށްދު ދެއްވައިފިއެވެ.
މިއަދު އޮތް މަޖްލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުން ނުފިލާކަމުން، އަދި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ކަމާގުޅޭ ޤާނޫނާ އެއްގޮތަށް ނުހިނގާތީ އެކަމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދަކަށް އެދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު ސައީދު ވަނީ ރާއްޖެއިން ކޯވިޑް ފެނުނުތާ 155 ދުވަސް ވެއްޖެ ކަމަށާއި، މިއަދު ހޮސްޕިޓަލްތަކުގައި އެނދުތައް ނެތިގެން އުޅޭ ކަމަށް ވިދާޅުވެފައެވެ.
" 155 ދުވަސް މިވީ ކޯވިޑް ދިވެހިރާއްޖެއިން ފެނުނުތާ. އިއްޒަތްތެރި ރައީސް، މިއަދު ހޮސްޕިޓަލްގައި އެނދު ތައް ނެތިގެން އެ އުޅެނީ. ދެން އިއްޒަތްތެރި މެންބަރ ޝިޔާމް ޑީ ރިޕޯޓެއް ދެއްވައިފި ހެލްތު މިނިސްޓަރަށް. އަޅުގަނޑު ނެތިން އިއްޒަތްތެރި މެންބަރާ ޚިޔާލު ތަފާތު ވާކަން. އެހެންނަމަވެސް، ވެންޓިލޭޓަރ ތަކާއި ހޮސްޕިޓަލް ގެ އިކްއިޕްމަންޓްތައް އޭރުގައި 155 ދުވަސް ކުރިން ފައިސާ ދެއްކި ސާމާނުވެސް އަދިވެސް ނައިސްގެން މިއުޅެނީ،" ސައީދު ވިދާޅުވުއެވެ.
ސައީދު އިތުރަށް ވިދާޅުވީ 2013 އިން 2018 އަށް ރައީސް ޔާމީން ދިވެހިރާއްޖޭގެ ތަރައްޤީގެ މުޅިން އާ ޒަމާނެއް ގެނެސް ދެއްވި ކަމަށެވެ.
ސައީދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު ހަލީމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، ސައީދު ދައްކަވަމުން ދިޔަ ވާހަކަފުޅަށް ރައްދު ދެއްވާފައި އެވެ.
ހަލީމް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ ސައީދު ވިދާޅުވާ އެނދެއް ބަލަން ޖެހޭ ކަމަށާއި، ސައީދު އެ ވިދާޅުވީ ޑީ.އެޗް 11 ހުންނަނީ 11 އެނދު ކަމަށެވެ.
އެމައްސަލައާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ އެމަނިކުފާނު ހުށަހަޅުއްވަން ނިންމެވި ސަބަބަކީ މިދިޔަ އަހަރުގެ ޖޫން މަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ދަރަނީގެ ހިސާބުތަކާއި އޭގެ ކުރިން މަޖިލީހުގައި ހުރި ދަރަނީގެ ހިސާބުތަކާ ދިމާ ނުވާތީ ކަމަށެވެ.
ރައީސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި، ފިނޭންސްއިން ފަހުން ފޮނުވި ލިއުމުގައިވާ ހަތަރު ލޯނެއްގެ މައުލޫމާތު ކުރިން މަޖިލީހަށް ލިބިފައެއް ނުވެ އެވެ. އަދި ކުރިން މަޖިލީހަށް ލިބުނު ދެ ގެރެންޓީއެއްގެ މައުލޫމާތެއް ފަހުން ފިނޭންސް އިން ފޮނުވި ލިއުމުގައި ނެތް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އެ މައްސަލައިގެ ބަހުސްގައި ސައީދުގެ އިތުރުން އިދިކޮޅު މެމްބަރުން ވަނީ އެއީ ވަގުތު ނަގާލުން ކަމަށް ވިދާޅުވެ، އެ މަސައްލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅު، ހޫނު ބަހުސެއް ކުރަށްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ