ކޮވިޑް19: ދަރުމަވަންތަ ހޮސްޕިޓަލްގައި ރައީސް މައުމޫން އެޑްމިޓްކޮށްފި
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.އާއިލާގެ ބޭފުޅަކު ވިދާޅުވީ ރައީސް މައުމޫން އެޑްމިޓް ކުރައްވާފައި ވަނީ ޑީއެޗްގައި ކަމަށެވެ. އެ ހޮސްޕިޓަލްގެ 11 ވަނަ ބުރީގައި ކޮވިޑްގެ ބަލީގެ މީހުން އެޑްމިޓް ކުރަން ހާއްސަ ބައެއް ތައްޔާރު ކޮށްފައި ވެއެވެ. ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކުރެއްވީ އެމަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.އެ ޓްވީޓް ފައްޓަވާފައިވަނީ ތައުބާ ސޫރަތުގެ 51 ވަނަ އާޔަތުން ބަޔަކާއެކުގަ އެވެ. އެ އާޔަތަކީ "ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް ލިޔުއްވަވާފައިވާ ކަމެއް މެނުއީ އަޅަމެންނަށް ނުޖެހޭނެއެވެ." ކަމަށް ބަޔާން ކުރާ އާޔާތަކެވެ؛ ކޮވިޑް19 އަކީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންކަމުން ރައީސް މައުމޫނަކީ ކޮވިޑް ބަލީގެ ހައިރިސްކު ކެޓަގަރީގެ ބޭފުޅެކެވެ.ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ކޮންޓްރޯލް ނުވެ އިތުރަށް ގޯސްވަމުންދާނަމަ ދެވަނަ ފުރަބަންދަކަށް ދާންޖެހިދާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ރޭ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ