ބަޑި ޖަހަން ރައީސް މައުމޫން އަމުރެއް ނުކުރައްވާ- ބްރިގޭޑިއާ ޖެނެރަލް ރިޓެއާޑް އިބްރާހިމް ދީދީ

ގ.އޭސިއާ ޙަސަން އީވާން ނަސީމްގެ މާފުށީ ޖަލުގައި އަނިޔާކޮށް މަރާލި ހާދިސާއާއި ގުޅިގެން މާފުށި ޖަލުގައި 2003 ސެޕްޓެމްބަރު 19 ވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ބަޑިޖެހުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަމުރު ނުކުރައްވާ ކަމަށް އޭރު ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ އޮފިސަރެއްގެ ގޮތުގައި ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިއާ ޖެނެރަލް ރިޓެއާޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބްރިގޭޑިއާ ޖެނެރަލް ރިޓެއާޑް އިބްރާހިމް މުހައްމަދު ދީދީމިފަދައިން ވިދާޅުވެފައިވަނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެއެވެ.
ނިހާދު ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ، ޖަލުގައި ބަޑި ޖެހީ ކުރީގެ ރައީސް އަދި ކޮމާންޑާ އިން ޗީފް ރައީސް މައުމޫންގެ އަމުރަށް ކަމަށާއި އެހެން ނަމަވެސް ބަޑި ޖެހިމީހުން އުމުރަށް ޖަލަށްލާ އޯޑަރު ދިން މީހާ އުފަލުގައި އުޅޭ ކަމަށެވެ.
އެޓްވިޓަށް ޖަވާބު ދެއްވަމުން ބްރިގޭޑިއާ ޖެނެރަލް ރިޓެއާޑް އިބްރާހިމް މުހައްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ މެންބަރަކަށް ހުންނަވާ އެނގިވަޑައިނުގަންނަވާ ކަންކަމުގައި މީހުންނަށް އިލްޒާމް އަޅުވައިގެން ނުވާނެ ކަމަށެވެ.
އީވާން ނަސީމްގެ މަރުގެ މައްސަލަ އާއި ޖަލުގައި ގައިދީންތަކަކަށް ބަޑި ޖަހައިގެން މަރާލި މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް ވެސް އޭރު އެކުލަވާލެއްވިއެވެ. އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް 12 މީހެއްގެ މައްޗަށް ދައުވާ ވެސް ކުރިއެވެ. އޭގެ ތެރެއިން އަށް މީހެއްގެ މައްޗަށް ކުށް ސާބިތުވެ މަރުގެ ހުކުމް ވެސް އިއްވެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ