ކޮވިޑް19: މެމްބަރު އީސަ އެކަހެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ކޯވިޑް-19ގެ ޕްރައިމަރީ ކޮންޓެކްޓަކަށްވެ ހޯމް ކަރަންޓީންގައި މަޑުކުރަން ޖެހިފައިވާ ކަމަށް މަޖިލީގު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޖުތިމާއީ ކޮމިޓީގެ މުވައްޒަފުގެ ޕްރައިމަރީ ކޮންޓެކްޓަކަށް ވާތީ އެ ކޮމިޓީގެ މުގައްރިރު އައިސޮލޭޝަންގައިވާ ކަމަށެވެ. އެ ކޮމިޓީގެ މުގައްރިރަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އެވެ."މީގައި ދަންނަވަން ބޭނުންވާ ވާހަކައަކީ ޕްރައިމަރީ ކޮންޓެކްޓަކާ ވެސް އަދި ކޮންމެ ގޮތަކަށް ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވެ ލައްވާއިރުގައި މާސްކް އަޅުއްވައިގެން ހުންނަވާށޭ،" ނަޝީދު އިލްތިމާސް ކުރެއްވި އެވެ.މިއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާ ސީދާ ކޮންޓެކްޓް ވުމުން އެ މަޖިލީހުގެ މެންބަރަކު އެކަހެރި ކުރި ފުރަތަމަ ފަހަރެވެ. މެންބަރު އީސަ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ނުވަތަ ނޫން ކަން އެދި ނޭނގެ އެވެ.ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން އަންގާފައިވާ މުވައްޒަފަކީ އަންހެން މުވައްޒަފެކެވެ. އެކަމާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.މީގެ ދުވަސްކޮޅެއް ކުރިންވެސް މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެފަހަރުވެސް ޕޮޒިޓިވްވި މުވައްޒަފުންނާއި، ކޮންޓެކްޓްވި މީހުން އެކަހެރިކޮށް މަޖިލިސް އިދާރާ ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިލީހުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިއްޔެގެ ކޭސް އާއި ގުޅިގެންވެސް މަޖިލީހުގެ އިދާރާ ވަނީ ޑިސްއިންފެކްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ