ޕްރިންސިޕަލުންގެ ހިތްހަމަނުޖެހުން އަމާޒުވުމުން އުޞޫލު މުރާޖަޢާކުރަނީ

ސަރުކާރުގެ ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައެޅުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކުލަވައިލި އުޞޫލާމެދު ޕްރިންސިޕަލުން ނުރުހުން ފާޅުކުރުމާ ގުޅިގެން އެ އުޞޫލުގެ ބައެއް މާއްދާތައް މުރާޖަޢާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އެކުލަވައިލާ ޢާންމުކުރި ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުޞޫލުގައި، ޕްރިންސިޕަލަކަށް އެއް ސުކޫލެއްގައި އެންމެ ގިނަ ދުވަސްވެގެން މަސައްކަތްކުރެވޭނީ 8 އަހަރު ދުވަހަށް ކަމުގައި ކަނޑައަޅާފައިވެއެވެ.  ހަމައެހެންމެ އެ އުޞޫޅުގައި ބުނެފައިވަނީ ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައެޅުމަށް ޚާއްޞަ ކޮމިޓީއެއް މިނިސްޓްރީގައި އޮންނާނެއެވެ. އަދި ސްކޫލުގައި ޕްރިންސިޕަލުން ވަޒީފާ އަދާކުރުމަށް އޮންނަ ޓެނުއާޝިޕުގެ މުއްދަތެއް ކަމުގައި މި އުޞޫލުގައި ބުނެފައިވަނީ 4 އަހަރެވެ. މި އުޞޫލުގެ ސަބަބުން ވަރަށް ގިނަ ޕްރިންސިޕަލުންވަނީ ކަންބޮޑުވުމާއި ނުރުުހުން ފާޅުކޮށްފައެވެ. އަދި ވަރަށް ގިނަ ޕްރިންސިޕަލުންވަނީ ތައުލީމީ ދާއިރާއާ ދުރަށް ދިއުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފައެވެ. އެޑިއުކޭޝަނުން ހާމަކުރި ގޮތުގައި ޕްރިންސިޕަލުންގެ ކަންބޮޑުވުން ހުރި މާއްދާތައް މުރާޖަޢާކުރަންވަނީ ނިންމާފައެވެ. އަދި އެ މާއްދާތަކާ ގުޅިގެން ޕްރިންސިޕަލުންގެ ޚިޔާލު ހޯދާނެ ކަމުގައިވެސް އެ ވުޒާރާއިން ބުންޏެވެ. މީގެ ކުރިން އުޞޫލު އެކުލަވައިލާފައިވަނީ ޕްރިންސިޕަލުންގެ ޚިޔާލު ހޯދައިގެން ނޫން ކަމަށް ޕްރިންސިޕަލުން ބުނެފައިވެއެވެ. އަދި މިއީ އެޑިއުކޭޝަންގެ ވެރިން ބޭނުންވާ ވަކި ބަޔަކު ސުކޫލުތަކުގެ ޕްރިންސިޕަލުން ކަމުގައި ހަމަޖެއްސުމަށް އެކުލަވައިލި އުޞޫލެއް ކަމުގައިވެސް ޕްރިންސިޕަލުން ބުނެފައިވެއެވެ. އެ އުޞޫލަކީ ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފު އުޞޫލެއް ކަމުގައި އިދިކޮޅު އިއްތިޙާދުން ބުނެފައިވެއެވެ. އަދި އެ އުޞޫލުގެ މައްސަލައި ބަލައި ދިނުމަށް އެދި އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު ޢުމަރުވަނީ މި އުޞޫލުގެ މައްސަލަ ރައްޔިތުން މަޖިލިހަށްވެސް ހުށަހަޅުއްވާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ