ފެޝަން ދާއިރާގެ ޒުވާޏް ދެ މޫނަކާއެކު ހީލީމާ

2016 ވަނަ އަހަރު ނެރުނު ވީޑިއޯ ލަވަ "ހީލީމާ"ގެ ރިކްރިއޭޝަން" އެއް ނެރުމަށް ތައްޔާރު ވެއްޖެއެވެ. 
"ހީލީމާ" ގެ ޑައިރެކްޓަރ އަޒްހާން އިބްރާހިމް ރާއްޖެ އެމްވީއަށް ބުނީ ކުރީ ލަވައާއި އެއްގޮތަށް މިފަހަރުގެ ލަވަ ވެސް ޑައިރެކްޓް ކުރާނީ އޭނާ ކަމަށެވެ. 
މިފަހަރުގެ ލަވައިގައި ފެނިގެންދާނީ ރާއްޖޭގައި ފުރަތަމަ ބޭއްވުނު އިންޓަނޭޝަނަލް ފެޝަން މުބާރާތް ކަމަށްވާ "ޓޮޕް މޮޑެލްސް މޯލްޑިވްސް 2018"ގެ ވިނަރ ޖަމްޝީދާ ޖަމްޝީދުގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާނެވެ. 
 
އަޒްހާން ބުނީ މި ލަވައަކީ ވެސް ކުރީގެ ލަވައިގެ ރަހަތައް ހިމަނައިގެން ތައްޔާރު ކުރާނެ ލަވައެއް ކަމަށެވެ. މި ލަވައިގެ ޕްރޮޑަކްޝަން މަސައްކަތް ކުރަނީ "އިމޭޖިނޭޝަން ރިއަލިޓީ"އިންނެވެ. 
2016 ވަނަ އަހަރު ރިލީޒްވި "ހީލީމާ" އަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު ލަވަ ކަމަށް އަޒްހާން ބުންޏެވެ. 
ރަޝިއާގެ އެޑެއިގޯ ޓީވީން ވަނީ އެ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި "ހީލީމާ" ލަވަ އެފަހަރު ޕޯސްޓްވެސް ކޮށްފައެވެ. އެ ލަވައިގެ އިތުރުން ލަވައިގެ މޭކިން ވެސް ވަނީ އެ ޓްވީޓާ އެކައުންޓްގައި ޕޯސްޓް ކޮށްފަ އެވެ. އަމިއްލަ ރާގުގެ އެ ލަވަ ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ލަވައިގެ ކެމެރާ މަސައްކަތް ކޮށްފައި ވަނީ ސްޓްރީކް ސްޓޫޑިއޯއިންނެވެ. ލަވަ ނަގާފައިވަނީ ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގަ އެވެ. 
"އެފަހަރުގެ ލަވައަކީ ގާތްގަނޑަކަށް ތިން ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްގެން ހެދި ލަވައެއް. އޭގައި އުޅެނީ އިސްމާއިލް ޖުމައިހް (ޖުމާ) އާއި މަރިޔަމް އައްޒަ." އަޒްހާން ބުންޏެވެ. 
މިފަހަރުގެ ލަވައަށް ދާނެ ޚަރަދެއް އަޒްހާން ހާމަކޮށްފައެއް ނުވެއެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ