ޖޭއެސްސީ އިން މެމްބަރު ރިޒާ ވަކި ކުރަން ހުށަހަޅުއްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގުރައިދޫ ދާއިރާގެ މެމްބަރު ވަކި ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ހުށަހަޅުއްވައިފިއެވެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ހުށަހަޅުއްވާފައިވާ މައްސަލަ އަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ޤާނޫނު އަސާސީގެ 165 ވަނަ މައްދާގެ ދަށުންނާއި މަޖިލީހުގެ ގަވައިދުގެ 178 ވަނަ މައްދާގައި ވާގޮތުގެ މަތިން ވަކި ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައިވާގޮތުން، ޤާނޫނު އަސާސީއާއި ޤާނުނުން ރިޒާ ގެ މައްޗަށް ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރައްވަމުން ނުގެންދަވާތީއާއި، އަދުލު އިންސާފު ޤާއިމް ކުރުމުގެ ކަންތައްތައް ހިންގުމުގަޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވަން ޖެހޭ ކަމަށް ޤާނޫނު އަސާސީއިން ލާޒިމްކޮށްފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންނަށް އިންސާފު ޤާއިމް ނުވާކަމުގައާއި އަދ. އާޢި މުޅި ދުނިޔެއިން މަޖިލީހަށް ލަފާ ދެމުން ދާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ