ދުވާފަރުގައި މިހާރު ކުރިއަށްދާ “ދުވާފަރު ޓީން ކަޕް 2018” ގައި މިއަދު ހަވީރު އެކުވެރިން އަދި ސީބީއެސް އޭ ޓީމު ބައްދަލުކުރި ބޮޑު ތަފާތަކުން ސީބީއެސް އޭ ކާމިޔާބު ކޮށްފިއެވެ. މި މެޗު ސީބީއެސް އޭ އިން ކަމިޔާބު ކުރީ 8 – 3 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުން ނެވެ.
ސީބީއެސް އޭ ގެ ލަނޑު ތައް ކާމިޔާބު ކޮށްފައިވަނީ އިޝާމް، އީރާޝް، މުޒާހް އަދި މިފްޒާލްއެވެ. އެކުވެރިން ގެ ލަނޑު ތައް ކާމިޔާބު ކުރީ އަހުމަދު އިޝާމް، މާއިޝް އަދި ލޫތުއެވެ.
ސީބީއެސްގެ 8 ލަނޑުގެ ތެރެއިން 4 ގޯލް ކާމިޔާބު ކުރީ މުޒާހްއެވެ. 2 ގޯލު މުހައްމަދު އިޝާމް ކާމިޔާބު ކުރިއިރު މިފްޒާލް އަދި އީރާޝް ވަނީ އެއް ގޯލް ކާމިޔާބު ކޮށްފައެވެ.
މިމުބާރާތަކީ ސްކޫލް ބަންދާ ދިމާކޮށް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިކްސް އަ ސައިޑް މުބާރާތެކެވެ.
ދުވާފަރު ސްކޫލްތަކާއި ޕޮލިސް ސްޓޭޝަން އާއި ދުވާފަރު ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރު އަދި މެޖިސްޓްރޭޓް މުހައްމަދު ސޯދިޤް ގުޅިގެން ކުރިއަށްގެންދާ މިމުބާރާތް މިމަހުގެ 29 އަށް ކުރިއަށްދާނެއެވެ.
ޓެގްރ.ދުވާފަރު
“ދުވާފަރު ޓީން ކަޕް 2018” މިއަދުގެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ސީބީއެސް އޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ