ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން، އިދިކޮޅު ކޯލިޝަން ސަރުކާރެއް އައުމާއެކު އެމްޑީޕީގެ ރޭވުން ސިފަކޮށްދީފިއެވެމުބީނު ކުރެއްވި ޓުވީޓެއްގައި އިދިކޮޅު ކޯލިޝަން ސަރުކާރު ސިފަކުރެއްވީ ވަރަށް ތަފާތުކޮށެވެ.
މުބީނު ވިދާޅުވީ އިދިކޮޅުގެ އެންމެ ފުރަތަމަ ޓާސްކަކީ ވެރިކަން ހޯދުންކަމަށެވެ. އަދި އެއަށްފަހު ޖުމްހޫރީ ޕާޓިއިން ކަނޑައަޅައިގެން އިންތިޙާބުވި ނައިބު ރައީސް މަޤާމުން ވަކިކުރަން ރާވާފައިވާކަމަށް މުބީނު ވިދާޅުވިއެވެ.
އަދި އޭގެ ކުރިން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުންނަވާނީ ޖަލު ހުކުމުން މިނިވަން ކޮށްފައިކަމަށާ، ޖޭޕީގެ ނައިބު ރައީސް ވަކިކުރުމާއެކު ނަޝީދު ނައިބު ރައީސްގެ މަޤާމަށް އިސްކުރައްވާނެކަމަށް މުބީނު ވިދާޅުވިއެވެ.
މީގެ އިތުރުން މުބީނު ވިދާޅުވީ އެންމެ ފަހު ކަމަކަށް އިދިކޮޅު ކޯލިޝަނުން އިންތިޙާބުވެގެން އައިސް ހުންނެވި ރައީސް އިސްތިއުފާ ދެއްވުމާއެކު ޤާނޫނު އަސާސީން ނައިބު ރައީސަށް ވެރިކަން ލިބިދެވޭނެކަމަށް މުބީނު ވިދާޅުވިއެވެ.
އެހެންކަމުން މި ފޯމިއުލާއަކީ ސީދާ ނަޝީދަށް ވެރިކަން ހޯއްދަވައިދެއްވުމަށް އިދިކޮޅުން ކުރާ މަސައްކަތެއް ކަމަށާއި، މިކަން އެންމެންނަށްވެސް ސާފުވާކަމަށް މުބީނުގެ ޓުވީޓުގައި ވިދާޅުވިއެވެ.
މުބީނު މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަންގެ ތެރޭގައި މިހާރު ވަނީ ކޯޅުންގަނޑެއް އުފެދިފައެވެ. އެއީ އެމްޑީޕީން ބޭނުންވާ މީހާ ނޫން އިތުރު މީހަކު އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓަކަށް އިސްކުރަން އުޅޭތީކަމަށް މަޢުލޫމާތު ލިބެއެވެ.
އަދި މިކަމާ ގުޅިގެން ޤާސިމަށާ، ޖޭޕީގެ އިސް ވެރިންނަށް ބޯޑެތި ބަހުގެ ހަމަލާތަކެއް އެމްޑީޕީން ދަނީ ރައްދު ކުރަމުންނެވެ.
މެމްބަރު މުބީނުގެ ދުލުން އިދިކޮޅު ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ