ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމް އިން ވަކިވެވަޑައިގެންފި އެވެ.
މިކަން ހާމަކޮށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް ޝަހުދީ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ސިޓީގައި ޝަހުދީ ވިދާޅުވެފައިވަނީ، އެގޮތަށް ނިންމެވީ މިވަގުތު އެއްވެސް ޕާޓީއެއްގައި ހުންނަވަން ބޭނުން ނުވާތީ ކަމަށެވެ.
މި ސިޓީ މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ޝަހުދީ ޕީޕީއެމްއިން ވަކިވެވަޑައިގަތްއިރު، އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާއެކު ވެއްދިފަހުން، ޝަހުދީއަކީ އެޕާޓީން ވަކިވި ދެވަނަ މެމްބަރެވެ.
މިދިޔަ ހަފްތާގެ ތެރޭގައި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.
-އިތުރު ތަފްސީލު އަންނަނީ-
މެމްބަރު ޝަހުދީ ޕީޕީއެމްއިން ވަކިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ