އަލިފުށީ ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ

ރ. އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް އަދިވެސް ހައްލެއް ނުހޯދި އެރަށު ރައްޔިތުން އަދިވެސް ތިބީ ވަރަށް ދަތި ހާލުގައެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ކަރަންޓު ނެތުމުން އުޅެންޖެހިފައި މިވަނީ ވަރަށް ދަތި ހާލުގައި ކަމަށާއި ކަރަންޓުގެ ހިދުމަތް ލިބޭނެ އިރެއް އަދިވެސް ނޭނގޭ ކަމަށެވެ.
އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަން ފެނަކަ އިން މަސައްކަތް ކުރަމުން އަންނަ އިރު މައްސަލަ މުޅިން ހައްލުވެ ދާއިމީކޮށް ކަރަންޓް ދެވޭނެ އިރެއް ބުނަން ދަތި ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.
އަލިފުށީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިދިޔަ ރޯދަމަހުން ފެށިގެންބުނީ އެ ރަށުން ކަރަންޓު ކެނޑެމުން ދަނީ 600 ކިލޮވޮޓުގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވެގެން ކަމަށާއި އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ރޭޑިއޭޓަރެއް ލިބުމުން ކަމަށެވެ. ނަމަވެސް ރޭޑިއޭޓަރު ލިބެން އަދި ދެ ހަފުތާވަރު ނަގާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އަލިފުށީ ކަރަންޓް މައްސަލަ ހައްލު ކުރުމަށް އިއްޔެ މާލެ އިން 200 ކިލޯވޯޓުގެ ޖަނަރޭޓަރެެއް އެަރަށަށް ގެންގޮސްފައިވެއެވެ.
ކަރަންޓުގެ ހިދްމަތް ނުލިބި ރައްޔިތުން ރުޅިގަދަވެ ގިނަ އަދަދެއްގެ ރައްޔިތުންދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ