މިނިސްޓަރު އަޒްލީން ގާސިމް އަރިހަށް ވަޑައިގަތީ ރައީސްގެ މަންދޫބެއްގެ ގޮތުގައި – ސަރުކާރު

ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަރިހަށް ހޮސްޕިޓަލަށް ވަޑައިގަތީ ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުގައި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީ އިން ވިދާޅުވީ މިނިސްޓަރު އަޒްލީން އާއި ލަންކާ އަށް ރާއްޖެ އިން އައްޔަން ކުރަން ނިންމާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް ގާސިމް އަރިހަށް ވަޑައިގަތީ ރައީސް ޔާމީންގެ މަންދޫބުންގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ބައްދަލުވުމާއި ބެހޭ އިތުރު ތަފްސީލެއް ހޯމް މިނިސްޓްރީ އިން ހާމަ ކުރައްވާފައެއް ނުވެއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ