މެމްބަރު އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ "ވަގު" ސޮޔެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދިއިރު، އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ "ވަގު" ސޮޔެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މި މައްސަލަ މަޖިލީހަށް ވެއްދުމަށް 45 މެމްބަރުން ސޮއި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރުން ހިމެނި ވަޑައިގަންނަވައެވެ.
އެނގިފައިވާގޮތުގައި އޭގެތެރޭގައި މެމްބަރު އަހުމަދު ރަޝީދުގެ އިތުރުން، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު, ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުޙައްމަދުގެ ސޮއި ހިމެނެއެވެ.
-އިތުރު ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ