ގޮނޑި ގެއްލުމުގެ ބިރު އޮތަސް މެމްބަރުން ދުލެއް ނުދެއްވާނެ: އިއްތިހާދު

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާ އެކު ގޮނޑި ގެއްލުމުގެ ބިރު 10 މެމްބަރަކަށް އޮތް ނަމަވެސް، ކިތައްމެ ބޮޑު ރިސްކެއް ނަގަން ޖެހުނަސް، ދޫނުދެއްވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވާފައިވާ ކަމަށް، އިދިކޮޅު އިއްތިހާދުން މިރޭ ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވަނީ ޕާޓީ ބަދަލުކޮށްފި ނަމަ، ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. މި ހުކުމް އައީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވުމާ އެކު ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގަ އެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ވިދާޅުވީ ދުސްތޫރީ މައްސަލައަކީ ސަރުކާރުން "ވަގުތީ މަންފާއެއް ހޯދަން ކުރި ކަމެއް" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި 10 މެމްބަރުން ދެއްވި ޔަގީންކަމުގެ ސަބަބުން އިތުރަށް ހިތްވަރު ގަދަވީ އެވެ.
އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ