އަބްދުﷲ ޤާޒީ މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުގެ އަޑުއެހުންތައް ތާވަލްކޮށްފި

ކްރިމިނަލް ލޯޓްގެ އިސް ޤާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ދައުލަތުން ދައުވާކުރާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލްކޮށްފިއެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންބުނީ މިމައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ހަވީރު ހަތަރެއްޖަހާއިރަށް ތާވަލް ކުރެވިފައިވާކަމުގައެވެ.
އަދި ރައީސް ނަޝީދުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުމެއް ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ހަވީދު ހަތަރެއް ޖަހާއިރަށް އެޖެންޑާކުރެވިފައިވާއިރު އެދުވަހު ހަވީރު ފަސްގަޑި ސުންމިނިޓަށް އޭރު އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުމެއް ތާވަލްކޮށްފައިވާކަމަށްވެސް ޖުޑީޝަލް އެންޑްމިނިސްޓްރޭޝަނުންބުނެއެވެ.
އަބްދުﷲ ޤާޒީގެ މައްސަލާގައި ދެން ދައުވާކުރާ ކުދީގެ ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަން މޫސާ އަލީ ޖަލީލްގެ ޝަރީއަތުގެ އަޑުއެކުމާއި ކާނަލް މުހައްމަދު ޒިޔާދުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލްކޮށްފައިވަނީ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހަށެވެ. ކާނަލް މުހައްމަދު ޒިޔާދްގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުން އެދުވަހު ހަވީރު ހަތަރެއް ޖަހާއިރަށް ތާވަލްކޮށްފައިވާއިރު މޫސާ އަލީ ޖަލީލްގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ އެދުވަހުގެ ފަސްގަޑި ސުންމިނިޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ