އެމްޑީޕީ ދަނީ އަލުން އިންތިޒާމު ވަމުން ކަމަށާއި އެމްޑީޕީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލި ކުރެވޭނީ އޭނާ އަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހެދި ގޮނޑުދޮށުގައި އުމަރުގެ ޓީމުން މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދެއްކެވިއިރު ވާހަކައިގެ ބޮޑު ބައި އުމަރު އަމާޒު ކުރެއްވީ އެމްޑީޕީއަށެވެ. އެނާ މުޅިން ވެސް އިންޒާރު ކުރައްވާފައި ވަނީ އަލުން އިންތިޒާމުވެގެން އެމްޑީޕީ އެބަ އަންނަ ކަމަށާއި އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތަށް ޖެއްސޭނީ އޭނާގެ ލިޑަޝިޕްގައި ކަމަށެވެ.
"މުހައްމަދު ނަޝީދު ދެން އަންނަ [ރިޔާސީ] އިންތިހާބު ކާމިޔާބު ކުރިޔަ ނުދީ ހިފެހެއްޓުމުގެ ޒިންމާ އަޅުގަނޑުމެން އުފުލާނަން. އެ ޒިންމާއާ އަޅުގަނޑު މި ހަވާލުވަނީ. ސަބަބަކީ އެމްޑީޕީގެ ނުރައްކަލުން އަދި މި ގައުމު ސަލާމަތެއް ނުވޭ. އެމީހުން ގެންދަނީ ވަރަށް ރަނގަޅަށް އިންތިޒާމް ވަމުން،" އުމަރު ވިދާޅުވި އެވެ. "އެމީހުންނަކީ 24 ގަޑިއިރު ހަމައިގައި ނުތިބޭ ބަޔަކަށް ވިޔަސް ދޮގު ހެދުމާއި މަކަރު ހެދުމާއި އޮޅުވާލުމުންޕީއެޗްޑީ ނަންގަވައިގެން ތިއްބެވީ. އެމްޑީޕީގެ ނުލަފާކަމާ ކުރިމައްޗެއް ނުލެވޭނެ އާދައިގެ ބަޔަކަށެއް ކުރިޔަށް އަންނަން އޮތް އެމްޑީޕީގެ ނުރައްކާލާ ދޭތެރޭ އަޅުގަނޑުމެން ވިސްނަންޖެހޭ،"
އުމަރު ވިދާޅުވީ އެމްޑީޕީން ގެންނަ ނުރައްކަލުގެ ތެރޭގައި ކުރީ ސަފުން ލީޑް ކުރެވޭ ވަރުގެ ލީޑާޝިޕެއް ރާއްޖެއަށް ބޭނުންވާ ކަމަށާއި މިހާތަނަށް ވެސް އެ ލީޑާޝިޕް ދައްކާފައި ވަނީ އޭނާ އާއި އޭނާގެ ޓީމުން ކަމަށެވެ. އަދި ވިދާޅުވީ ކުރީސަފުން ލީޑް ނުކުރެވޭ ބަޔަކަށް އެމްޑީޕީ ބަލި ކުރެވޭނެނަމަ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެބަޔަކު ތިބީސް ކަމަށެވެ.
ޕީޕީއެމްގެ ކުރީގެ އިންތިގާލީ ނައިބު ރައީސް ވިދާޅުވީ އެމްޑީޕީ ބަލި ކުރާނަމަ އެމްޑީޕީއަށްވުރެ ނުލަފާވާންޖެހޭ ކަމަށާއި އެމީހުންނަށްވުރެ މުރާލިވެ އެމީހުންނަށްވުރެ އިންތިޒާމްތައް ވަރުގަދަކޮށް އެމީހުން މިނާ ނާޅިން މިނަން ޖެހޭ ކަމަށެވެ.
"އެމްޑީޕީގެ އަތުން މި ގައުމު ސަލާމަތް ކުރީ ވެސް އަޅުގަނޑުގެ ލީޑާޝިޕްގައި، އެމްޑީޕީގެ އަތަށް މިގައުމު ދިޔަ ނުދީ ހިފަހައްޓާނީ ވެސް އަޅުގަނޑުގެ ލީޑާޝިޕްގައި،" އޭނާ ވިދާޅުވި އެވެ. "ދަގަނޑު ކެނޑީވެސް ދަގަނޑުން. ދެން ދަގަނޑު ކަނޑަށް އޮތީ ވެސް ދަގަނޑުން! އާދައިގެ މައުދަނަކަށް އަދާއިގެ ލީޑާޝިޕަކަށް އެމްޑީޕީ ބައްޔެއް ނުކުރެވޭނެ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރަށްރުގައި ޖޭހޭނެ އެމްޑީޕީގެ ހަޅޭކާއި ތަޅާފޮޅުމުގެ ތެރެއިން ފަޅާވެސް އަރަން ޕީޕީމްގައި ފަޅާވެސް އރޭވަރުގެ ލީޑަޝިޕް ހުންނަން ޖެހޭނެ،"
އެމްޑީޕީ އަނބުރާ އައުމުގެ ބިރު ބޮޑު އިރު އެމީހުން އަތުގައި ފައިސާ ވެސް އެބަހުރި ކަމަށާއި އެހެން ކަމުން އެމްޑީޕީ އާއި ނަޝީދު ބަލި ކުރެވޭވަރުގެ ބޭފުޅަކާ ނުނީ ގައުމު ހަވާލު ނުކުރުމަށް ވެސް އުމަރު ގޮވާލެއްވި އެވެ.
ރަނގަޅު ލީޑާޝިޕަކާއެކު އެމްޑީޕީ ބަލި ކުރަން ބޭނުންވާއިރު އެހެން ޕާޓީތަކުގެ މަދަދު ޕީޕީއެމަށް ބޭނުންވާ ކަމަށް ވެސް އޭނާ މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް ބޭނުންވޭ ގާސިމް އިބްރާހިމް، އަޅުގަނޑުމެނަށް ބޭނުންވޭ އަދާލަތު ޕާޓީ، އަޅުގަނޑުމެނަށް ބޭނުންވޭ ރައީސް ވަހީދާއި ގައުމީ ޕާޓީ އަދި އެހެން ޕާޓީތައް. ޕީޕީއެމަކީ ބޮޑު ޕާޓީއެއް ނަމަވެސް އެމްޑީޕީ ބަލި ކުރަން އެދޭނަމަ ފުޅާ ކޯލިޝަނެއް އަޅުގަނޑުމެން ބޭނުންވޭ،" އުމަރު ވިދާޅުވި އެވެ. "ޕީޕީއެމްގެ ލީޑާޝިޕް އަޅުގަނޑަށް ދެއްވައިފނަމަ ފުޅާ ކޯލިޝަނެއް ގާއިމް ކުރާނަން. މުހައްމަދު ނަޝީދު ސިއްސައިގެން ދާވަރުގެ ކޯލިޝަނެއްގެ ތެރެއިން މިގައުމުގެ ވެރިކަން އަޅުގަނޑުމެން ނަގާނަން އެހެން ޕާޓީތަކާ ދިމާއަށް އަޅުގަނޑުމެން އަތް ދިކުރުމަކީ އަޅުގަނޑުމެން ކުޑަވުމެއް ނިކަމަތިވުމެއް ނޫން. އެއީ ފޯރުންތެރިކަން. އެހެން ޕާޓީތަކަށް ބަދުބަސް ބުނުމަށް ވުރެ ގައުމަށް ފައިދާ ބޮޑީ އެހެން ޕާޓީތައް ގޮވައިގެން މިކަން ކުރުން."
ދެހާސް ވަނަ އަހަރު ޑީއާރްޕީން ހެދި މިސްޓޭކް އޭނާގެ ލީޑާޝިޕްގައި ނުހަދާނެ ކަމަށާއި އެމްޑީޕީ އާއި ނަޝީދު ބަލި ކުރަން އެކަނި މާއެކަނި ގޮސް ވެއްޓި ވެލި ކާން ދޫނުކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަތުރު ކުރާނީ އެހެން ޕާޓީތައް ގޮވައިގެން ގޮސް ބޮނޑިބަތް ކެވޭ ގޮތަށް،"
އެމްޑީޕީދަނީ އިންތިޒާމު ވަމުން، އެމީހުން ބަލި ކުރެވޭނީ އަޅުގަނޑަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ