އަހުމަދު އަރުޝަދު
ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަބްދުﷲ މުހައްމަދާ މެދު ފިޔަވަޅު ނާޅާ މަޑުކުރުމަށް ސިވިލް ކޯޓުން ޖޭއެސްސީ ގެ މައްޗަށް ކުރި އަމުރު ބާތިލް ކުރެވެން ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ހައިކޯޓުން މި ގޮތަށް ހުކުމް ކޮށްފައިމިވަނީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީ އިން ނިންމުމާ ގުޅިގެން އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅު އެޅުން ފަސްކޮށްލުމަށް ސިވިލް ކޯޓުން ކުރި ވަގުތީ އަމުރު، ޖޭއެސްސީން ހައި ކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެންނެވެ.
އެ މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވީ ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރަންޖެހޭ ވަރުގެ އެއްވެސް ސަބަބެއް ޖޭއެސްސީއަށް ދެއްކިފައިނުވާ ކަމަށެވެ. އަދި ސިވިލް ކޯޓުން އެ މައްސަލައިގައި ނިޔާ ކަނޑައެޅުމުގެ ކުރިން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅެއް އަޅައިފިނަމަ އޭނާއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމުގައިވާތީއެވެ.
އެހެން ކަމުން އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ބަދަލުގެންނަންނުޖެހޭ ކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ހުކުމްކުރައްވާ ކަމަށް އަޒްމިރަލްދާ ވިދާޅުިވއެވެ.
ހައި ކޯޓުން މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ފަނޑިޔާރު އަބްދުއްރައޫފް، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، އަދި ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އަލީ ސަމީރެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމެވީ އޭނާ ދިޓީވީގެ ޕްރޮގްރާމެއްގައި ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އަބްދުﷲ ޤާޒީއާ މެދު ފިޔަވަޅު ނޭޅުމުގެ ވަޤުތީ އަމުރު ބާތިލްކޮށްދެވެން ނެތްކަމަށް ހައި ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ