މުހައްމަދު ފަޒީން
މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ޢަދުލް އިންސާފު ޤާއިމު ކުރުމުގެ ނިޒާމަށް އަމާޒުކޮށް ހަމަލާތައް މިދާއިރާގައި ހިމެނޭ ކޯޓުތަކަށާއި ފަނޑިޔާރުންނަށް ތަކުރާރުކޮށް ދެމުންގެންދާކަމީ މިކޯޓުން ނިހާޔަތަށް ކަންބޮޑުވެ އެކަން ހަރުކަށިކަމާއެކު ކުއްވެރިކުރާކަމަށް ސްޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.
މިގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީސަލް ސާރވިސްގެ ރައީސް އާދަމް މުހައްމަދަށާއި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ލަތީފަށް ދިން ހަމަލާއާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރަކާ މަގުމަތިން ބަޔަކުމީހުން ދިމާކޮށް ފައިވާތީ އެކަންތައްތައް ހަރުކަށިކަމާއެކު ކުއްވެރި ކުރާ ކަމުގައި ބަޔާނުގައިވެއެވެ.
މީގެ އިތުރުން މިދިޔަ ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ ބައެއް ޝަރުއީ ކޯޓުތައް އަންދާލާ އެތަންތަނުގައި ހުރި ލިޔެކިޔުންތައް ނައްތާލައި އަދި ބައެއް ކޯޓްތައް ބަންދުކޮށް ހިންގި ޖަރީމާތަކަކީ ޝަރުއީ ނިޒާމަށް އެކަމުން ފޫނުބެއްދޭވަރުގެ ހީނަރުކަމެއް ގެނެސް ޝަރުއީ ނިޒާމްގައި މަސައްކަތްކުރާ ފަރާތްތައް ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލުމަށްޓަކައި ހިންގާފައިވާ ޖަރީމާތަކެއް ކަމުގައި ސްޕްރީމް ކޯޓުން ދެކޭ ކަމުގައިވެސް ސްޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.
ފަނޑިޔާރުންގެ ހިމާޔަތާ ރައްކާތެރި ކަމަށްޓަކައި ދައުލަތުގެ އެންމެހާ ބާރުތަކަށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށާއި ޤައުމީ ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދިއުމަށް ސްޕްރީމް ކޯޓުން މިބަޔާނުގައި ގޮވާލާފައިވެއެވެ.
ޢަދުލް އިންސާފު ޤާއިމްކުރުމުގެ ނިޒާމަށް އަމާޒުކޮށް ހަމަލާދިނުން ހުއްޓާލުމަށް ސުޕްރޯމް ކޯޓުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ