މަދަދު ލިބޭނެ ކަމަށް ނަޝީދު ވާހަކަފުޅު ދައްކަވަނީ ރައްޔިތުން މަގުފުރައްދަން: ގާސިމް

ރައީސް މުހައްމަދު ނަޝީދާ، ގާސިމް ބައްދަލު ކުރެއްވުމުން ތަފާތު އަޑުތައް ފެތުރިފައި ވަނިކޮށް އެމްޑީޕީ އަށް އެމަނިކުފާނު މަދަދުވެރިވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ އާދައިގެ މަތިން ރައްޔިތުން މަގުފުރެއްދުމަށް އެ މަނިކުފާނު ދައްކަވާ ވާހަކައެއް ކަމަށް ގާސިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޓުވިޓެއް މެދުވެރިކޮށް ގާސިމް މިއަދު ވިދާޅުވީ އެމަނިކުފާނުގެ މަދަދު ލިބޭނެ ކަމަށް ނަޝީދު ވިދާޅުވުމަކީ އާދައިގެ މަތިން ރައްޔިތުން މަގުފުރެއްދުމަށް ނަޝީދު ދައްކަވާ ވާހަކައެއް ކަމަށެވެ. އެމަނިކުފާނު މިފަދަ ޓްވީޓެއް ކުރައްވާފައި ވަނީ ނަޝީދު އެމަނިކުފާނުގެ ގެ ކޮޅު މ. މާފަންނު ވިލާއަށް ވަޑައިގެން އެމަނިކުފާ ބައްދަލު ކުރެއްވުމުން ތަފާތު ވާހަކަތައް މިޑިއާ ގަ އާއި އާންމުންގެ ތެރޭގަ އާއި ސިޔާސީ މަސްރަހުގައި ފެތުރިފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އިންތިޚާބުގެ ދެ ވަނަ ބުރު އެމްޑީޕީ އަށް ވަރަށް ރަނގަޅު ނަތީޖާއަކުން ކާމިޔާބުކުރެވޭނެ ކަމަށެވެ. އަދި ގާސިމަކީ އެ ކާމިޔާބުގެ ސަބަބަކަށް ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ