މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށްދަނީ

| 09:57:33 - ޝާހިދުގެ މައްސަލަގައި އިންސާފުވުމަށް މުހައްމަދު ހުސައިން ގޮވާލެއްވި. | 09:56:31 - ގާނޫނު އޭގެ ފައިމައްޗަށް ހިންދަމާލައިގެން ތެދުވެނުނު ނަމަ މިހެއްނުވީސް. މަގާމުން ވަކިކުރާ ހިސާބަށް ހިނގައްޖެތޯ ވިސްނާނަން ޖެހޭކަމަށް މުހައްމަދު ހުސައިން ވިދާޅުވި.| 09:54:26 - މިހާރު ވާހަކަ ދައްކަނީ ކަޑިތީމް ދާއިރާގެމެމްބަރ މުހައްމަދު ހުސައިން. އޭނާ ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައަކީ މަޖިލީހުގެރައީސް މަގާމުން ވަކިކުރުމުގެ މައްސަލަކަމަށް. | 09:52:56 - މިހާރު ވާހަކަ ދައްކަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އާމިރު. އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ މައްސަލައަކީ އޭނާގެ ބައިވެރިވުމެއް އޮތްކަމެއް ނޫން ކަމަށާއި ޝާހިދަށް އިތުބާރު އޮތްކަން ވިދާޅުވެއްޖެ.| 09:49:37 - ޝާހިދަށް ތާއިދުކޮށްކަމަށް ރިޔާޒު ވިދާޅުވި| 09:49:13 - ހަތަރު ވަނަ ފަހަރަށް ރިޔާޒު ވާހަކަ ދައްކަން ފައްޓަވައިފި.| 09:48:33 - ހުށަހެޅި މައްސަލައިން އެނގުނީ އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތްކަން. ރިޔާޒް| 09:47:59 - ރިޔާޒު ރަޝީދު މަޖިލީހުގައި ބަލާއަށް ގޮވައިފި.| 09:47:18 - ނިޒާމާބެހޭ މައްސަލައެއް ނޫން ކަމަށް ރިޔާސަތުން ވިދާޅުވެއްޖެ.| 09:46:44 - ނިހާނު ނިޒާމާބެހޭ މައްސަލަ ނަގައިފި. | 09:44:40 - މިހާރު ވާހަކަ ދައްކަނީ ރިޔާޒު ރަޝީދު. ނިހާނަށާއި އިބްރާހީމް ރަޝީދު ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން ދަންނަވައިފި. | 09:42:05 - މައިނޯރިޓީގެ އިހުސާސްތަކަށް ވިސްނަން ޖެހޭނެކަމަށް. ޝާހިދަށް އެއްޗެހިގޮވި މެމްބަރުންނަކީ ނިހާނު. އަލީވަހީދާއި ނިހާނާ ދެމެދުގައި ބަހުގެ ހަމަލަތަކެއް ބަދަލުކޮށްފި| 09:38:42 - މިހާރު ވާހަކަ ދައްކަވަނީ ތޮއްޑޫ ދާއިރާގެ މެމްބަރ އަލީވަހީދު. އޭނާ ވިދާޅުވަނީ ޝާހިދަކީ ގާބިލް ބޭފުޅެއްކަމަށާއި ނަމަވެސް ޝާހިދުވަނީ ގަވާއިދާ ހިލާފުކަންތައްތައް ކުރައްވާފައިވާ ބޭފުޅެއް. ބަލަން ބޭނުންވަނީ ޑީއާރްޕީން ހަލާކޮށްލުމަށް މަސައްކަތް ކުރި މީހުންގެ ކަންތައްތައް ކުރާނެގޮތް. ވެރިކާ ހެދި ޝާހިދު ބޮލުގައި އެޅުވި ކަންތައް މިއަދު ސާފު ޝާހިދަކީ ހުދުކާފޫރަށްވާނެތޯ އަލީ ވިދާޅުވި.| 09:37:28 - ކާށީދޫ ދާއިރާގެ މެމްބަރ އަބުދުﷲ ޖާބިރު ވިދާޅުވީ މަޖިލީހުގެ މަސައްކަތް ހުއްޓުވަނީ އެމްޑީޕީންކަމަށް.| 09:36:12 - ކެންދޫ ދާއިރާގެ މެމްބަރ ތަސްމީނު ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅަކީ ފަހަތަށް އެޅި ފިޔަވަޅެއްކަމަށް.| 09:34:27 - މައްސަލައިގެ ދިފާއުގައި ޝާހިދު ވިދާޅުވީ އޭނާއާ މެދު އުފުލާފައިވަނީ ދޮގު ތުހުމަތުތަކެއްކަމަށާއި އެ ފަދަ އެއްވެސްކަމެއްނުކުރައްވާފައިނުވާނެކަމަށް. އޭނާ ބޭނުންފުޅުވެވަޑައިގަންނަވަނީ އިންސާފުވެރިކަމާއެކު މެމްބަރުން ގޮތެއް ނިންމަވައިދެއްވުންކަމަށް ވިދާޅުވި.ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ އިތުރުބާރުނެތްކަމުގެ މައްސަލައިގެ ބަހުސްދާދިދެންމެއަކު ފަށައިފި އެވެ. މާފަންނު ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ތަކުރާރުކޮށް މަޖިލީހުގެ ރައީސް ގަވާއިދާ ހިލާފަށް މަސައްކަތް ކުރައްވާފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ