ކަފާލާތުގެ ދަށުން ޔާމީން ދުލެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު
މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ގުޅިގެން ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދިނުމަށް އަދި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް އެ ދެ އަމުރާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، މިއަދުގެ އަޑުއެހުން ފެއްޓެވުމުން ބެންޗުން ވަނީ ނިންމި ގޮތް އިއުލާނު ކުރައްވައިފަ އެވެ.މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތްކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރަން ނިންމާފައިވާއިރު، އެމަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. ކޮވިޑްގެ ތެރޭގައި އެމަނިކުފާނު ގެއަށް ބަދަލު ކުރީ ޖަލުގައި އެ ބަލި ފެތުރޭތީ އަދި އެމަނިކުފާނުގެ ސިއްހީ ހާލަތަށް ވެސް ބަލާފައި ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.ތަފުސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ