މޫސުން ގޯސްވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވެ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް، އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމަ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފައި ވާކަމަށެވެ. އަދި ކޮށިގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވައިގަދަވާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވާތީ،  ދަތުރު ކުރުމުގެ ކުރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެމްއެންޑީއެފްއިން އެދިފައި ވެއެވެ. އޭގެ އިތުރުން، ދަތުރު ކުރުމުގެ ކުރިން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމާއި އުޅަނދުތަކުގައި ލައިފް ޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އިލްތިމާސް ކޮށްފައެވެ.
އެމްއެންޑީއެފްއިން ބުނީ ހާއްސަކޮށް ކުދި އުޅަނދުތަކާއި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރަން އިލްތިމާސްކުރާ ކަމަށެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުތަކުންވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމަށް އަންގާފައި ވެއެވެ.
އޭގެ އިތުރުން، ފަޅު ތެރޭގައި އަދި ފަލު ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދޯނިފަހަރު ބެލެހެއްޓުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ތެރޭގައި އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ ލަސްނުކޮށް ކޯސްޓް ގާޑަށް އެންގުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ