ފައިނޭންޝަލް ކޮންޓްރޯލާ އަކަށް މުހައްމަދު އަހުމަދު

މީގެ ކުރިންވެސް ފައިނޭންޝަލް ކޮންޓްރޯލާ ކަން ކުރައްވާފައިވާ މުހައްމަދު އަހުމަދު ސްޓޭޓް މިނިސްޓަރު ފެންވަރުގައި އެ މަގާމަށް އައްޔަންކުރެއްވީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.އޭނާ މިހާތަނަށް ހުންނެވީ ފިނޭންސް މިނިސްޓަރުގެ ނާއިބުގެ މަގާމްގަ އެވެ. އަދި ފައިނޭންޝަލް ކޮންޓްރޯލާ އަކަށް ހުންނެވީ މިހާރު އިސްތިއުފާދެއްވާފައިވާ އަހުމަދު އަސްއަދު އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިންނެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދު ވަނީ މަގާމްގެ ލިޔުން އޭނާއާ ހަވާލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ