ބަރަކާތްތެރި ރަމަޟާންމަހުގެ ހުރުމަތްވެސް އެމްޑީޕީން ކަނޑައިފިކަމަށާއި އެމީހުންގެ އަމަލުތަކަކީ ދިވެހި އެއްވެސް ރައްޔިތެއް ބަލައިގަންނާނެ އަމަލުތަކެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫގެ ޒުވާނުން ތަކެއް ޖުމްހޫރީ ޕާޓިއަށް ސޮއިކުރުމަށް، ޖުމްހޫރީ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީން މިއަދު މަސައްކަތްކުރަމުން ގެންދަނީ ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށް ނޫންކަމަށާއި އެމްޑީޕީގެ މަޤްސަދަކީ ދީނަށް ފުރައްސާރަކޮށް ފިތުނަ ފަސާދަ އުފެއްދުންކަމަށެވެ.
ޤާސިމް ވިދާޅުވީ ޤައުމުގެ އަމާންކަން ނަގަހައްޓައި އިސްލާމްދީން ދެމެހެއްޓުމަށް މިއަދުވަނީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި ޤައުމާއި ދީން ހިމާޔަތްކުރުމަށް އަތުކުރި އޮޅާލައިގެން ނިކުންނަންވެއްޖެކަމަށެވެ.
އޭނާ ވިދާޅުވީ ޤައުމުގެ އިޖްތިމާޢީ ފޭރާން ނެތެމުންދާ މިދަނޑިވަޅުގައި، މާލެއާއި ރާއްޖެތެރޭގައި ހިނގަމުން ދާ ކަންކަމާއި ދެކޮޅަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ސަމާލުވާން ޖެހޭ ކަމަށެވެ.. އަދި ސިޔާސީ ކަންކަމުގެ ނަމުގައި ހިންގާ ހަރަކާތްތަކެއް ނަމަވެސް މިހާރު މިކަންކަން ސިޔާސީ ހަރަކާތްތަކަކަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްވަނީ އަލަށް ޖުމްހޫރީ ޕާޓީއާއި ގުޅުނު މެމްބަރުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.
އެމްޑީޕީން ރަމަޟާންމަހުގެ ހުރުމަތް ކަނޑައިފި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ