މިދިއަ ހުކުރު ދުވަހު އަދާލަތު ޕާޓީއިން އިންތިޒާމު ކޮށްގެން ބޭއްވި އެއްވުމަށް މާލެ އައި ކައުންސިލަރުންގެ މައުލޫމާތު ހިއްސާ ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކުގެ ރައީސުންނަށާއި ސިޓީ ތަކުގެ މޭޔަރުންނަށާއި ޒިންމާދާރު އިސްވެރިންނަށް މިއަދު އަންގައިފިއެވެ.
އެލްޖީއޭގެ ރައީސް، އަދި ހޯމް މިނިިސްޓަރު އުމަރު ނަސީރު ސޮއިކުރައްވާ މިއަދު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދާލަތާއި ޖޭޕީ އާއި އެމްޑީޕީން އެއްވުމެއް ބާއްވައި މާލޭގައި މުޒާހަރާ ކުރި ދުވަހު މާލޭގައި ތިބި ކައުންސިލަރުންގެ ތެރެއިން ރަސްމީ ބޭނުމަށް މާލެ އައި ކައުންސިލަރުން ލާ މަރުކަޒީ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުން ކައުންސިލެގެ ރައީސަށް އަދި ރައީސުން ކައުންސިލްގެ އިދާރާއަށް އަންގާފައިވާނަމަ އެންގި ކަމުގެ ލިޔުން އެލްޖީއޭއާ ހިއްސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ގާނޫނުގައިވާ ގޮތަށް އަމަލު ކުރުމެއް ނެތި އެދުވަހު މާލޭގައި ތިބި ކައުންސިލަރުންގެ މައުލޫމާތު އަންނަ އަންގާރު ދުވަހުގެ ކުރިން ހިއްސާ ނުކުރާ ކައުންސިލްތަކުގެ ޒިންމާދާރު އިސްވެރިންގެ މައްސަލަ ބަލަން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅުއްވާނެ ކަމުގެ އިންޒާރު ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
މި ސިޓީ ފޮނުވި އިރު މޭ އެއްވަނަ ދުވަހު މުޒާހަރާގައި ބައިވެރިވާން މާލެ އައި ކައުންސިލަރުން މާލެ އައީ ދައުލަތުގެ ހަރަދުގައިތޯ ބަލައި ދިނުމަށް އެދި އޭސީސީއަށް ވެސް އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން އުމަރު ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ.
މުޒާހަރާއަށް މާލެ އައި ކައުންސިލަރުން ހޯދުމުގެ މަސައްކަތް އުމަރު ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ