އދ. ފެންފުށިން އިއްޔެ ގެއްލިގެން ހޯދަމުންދާ މީހާ އަދި ވެސް ނުފެންނަކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ އަދިވެސް އެމީހާ ނުފެންނަ ކަމަށާއި މިހާރު އެމީހާ ހޯދުމުގެ ގޮތުން އެމްއެންޑީއެފް ސީޖީ ޑައިވިން ޓީމާއި ލޯންޗުން އެރަށު ފަޅުތެރެ އާއި އުރަފަތް ކައިރި ބަލަމުންދާކަމަށެވެ. ގެއްލިގެން ހޯދާ އުމުރުން 29 އަހަރުގެ އަދުނާނު އަހުމަދުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ 23:30 ހާއިރުކަމަށާއި އޭރު އޭނާ ލައިގެންހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ ހަވީރު 17:15 ހާއިރު ކަމުގައެވެ.
އެމީހާ ހޯދުމަށް މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި ފުލުހުންވެސް ކުރަމުން އަންނައިރު އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.
ފެންފުށިން ގެއްލިގެން ހޯދާ މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ