2014ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕަންސީ ލެވެލް މަތި ނުވާ މިންވަރަށް މިއަހަރުގެ ފުރަތަމަ ކުއަރޓާރގައި މަތިވެއްޖެ

2014ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕަންސީ ލެވެލް މަތި ނުވާ މިންވަރަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި މަތިވެފައިވާކަމަށް އެސްޓީއާރު އޭޝިއާ ޕެސިފިކް ހޮޓެލް ޕާރފޯމަންސިން ދައްކައިފިއެވެ.
ބައިނަލްއަޤްވާމީ މާކެޓް ރިސަރޗް އަދި އެނަލައިސިސް ފާމް، އެސްޓީއާރުން ނެރެފައިވާ އޭޝިއާ ޕެސިފިކްގެ ހޮޓެލް ޕަރފޯމަންސް ރިޕޯޓު ދައްކާގޮތުން 2014ވަނަ އަހަރުން ފެށިގެން، މިހާތަނަށް، އަހަރެއްގެ ފުރަތަމަ ކުއަޓަރގައި ރާއްޖޭގެ އޮކިއުޕަންސީ ލެވެލް އެންމެ މަތިވެފައިވާ އަހަރަކީ މިއަހަރެވެ.
މި ރިޕޯޓް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރޗް މަހާ ދޭތެރޭގައި ރާއްޖޭގެ އޮކިޕަންސީ ލެވެލް ހުރީ 76.7 އިންސައްތަގައެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ 7.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއަޓަރއާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއަޓަރގައި ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު 17 އިންސައްތަ ވަނީ މަތިވެފައެވެ.
މިއަހަރުގެ ޖެނުއަރީއިން މާރޗްމަހަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންކަމަށް އެސްޓީއާރު ރިޕޯޓުން ދައްކައެވެ. މިގޮތުން ފުރަތަމަ ކުއަރޓަރގައި ޔޫރަޕުން ރާއްޖެއަށް ފަތުރުވެރިން އައި މިންވަރުވަނީ 56.8 އިންސައްތަ އިތުރުވެފައެވެ. މިއީ އެހެން ސަރަހައްދުތަކަށްވުރެ 23.2 އިންސަތަ އިތުރު އަދަދެކެވެ. އަނެއްކޮޅުން ދުވާލަކު ރާއްޖޭގައި ހޭދަކޮށްފައިވާ ފައިދާއަށްބަލާނަމަ، މިއަދަދުވަނީ ފުރަތަމަ ކުއަޓަރގައި 1.6 އިންސައްތަ އިތުރުވެފައެވެ.
މިގޮތުން ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް ހޭދަކުރާ މިންވަރު ދުވާލެއްގެ މައްޗަށް 815 ޑޮލަރަށް އަރައެވެ. ފުރަތަމަ ކުއަޓަރގައި ރޫމްތަކުން ހޯދިފައިވާ ރެވެނިއުވެސް ވަނީ 9.4 ހަތަރެއް އިންސައްތަ ނުވަތަ 624.97 ޑޮލަރަށް އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާލާއިރު، ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ތިން މަހު ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވަނީ 17 އިންސަތަ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ ޖެނުއަރީއިން މާރޗުމަހަށް ރާއްޖެއަށް 420 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަދުގައި ޒިޔާރަތްކޮށްފައިވަނީ 369 ހާސް މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ