ގދ. މަޑަވެލީގައި މިރޭ ދަންވަރު އެކަކުން ފެށިގެން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެރަށުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދިޔަ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން، މަޑަވެލިން ކަރަންޓު ކެނޑޭތާ ދެތިން ދުވަހެއްވަނީ ވެފައެވެ. އަދި، މިރޭ ޖަނަރޭޓަރުގެ ބައެއް ހަލާކުވީކަމަށް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި އެރަށުގައި ބޭނުންކުރަނީ 240 ކިލޯވޯޓުގެ ދެ ޖަނަރޭޓަރެވެ. އަދި، މުޅި ރަށަށް ކަރަންޓު ދިނުމަށް، ދެ ޖަނަރޭޓަރު ބޭނުންވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެހެންނަމަވެސް، މިކަމާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން މައުލޫމާތު ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މިރޭ އެކަކުން ފެށިގެން މަޑަވެލިން ކަރަންޓު ކެނޑިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ