ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.
އުމަރުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނެރުނުކަން ސިވިލް ކޯޓުން ވަނީ ޔަގީންކޮށް ދީފައެވެ.
އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފައިވަނީ އުމަރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ގުޅިގެންނެވެ. އުމަރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ދެކޮޅަށް ޕެންޝަން އޮފީހުން ކުރި ދައުވާއަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އުމަރު ނަސީރަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ބޭފުޅެކެވެ.
އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ