ކެމްޕޭން މަޑުޖައްސާލީ އިދިކޮޅު ކެންޑިޑޭޓު އިއުލާން ކުރުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ސިޔާސަތު ހާމަކުރެއްވުމާއި ކެމްޕޭން މަޑުޖައްސާލެއްވީ އިދިކޮޅު ކެންޑިޑޭޓު އިއުލާން ކުރުމުން ކަމަށެވެ.
އުމަރު ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަންނަވާނެ ކަން އިއުލާން ކުރެއްވި ފަހުން ވެސް، ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ މަޝްވަރާ ކުރައްވައިފަ އެވެ.
" އަޅުގަނޑު އިދިކޮޅު ކެންޑިޑޭޓު އިއުލާން ކުރެއްވުމާ އެކު ފަހަތަށް ފިޔަވަޅެއް އަޅުއްވައި، އެ ކެންޑިޑޭޓުގެ ސިޔާސަތުތަކާއި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ އަޑު އައްސަވަން މަޑުކުރީ " އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މިހާތަނަށް މަޑުކޮއްގެން ހުރީ އިދިކޮޅު ކެންޑިޑޭޓް އަށް ޖާގަ ދީގެން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާން މާދަމާ ފޯމު ނަގާނެ ކަމަށާއި މި ހާލަތުން އަރައިގަނެ ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދެއްވަން، އޭނާ ތައްޔާރަށް ހުރި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
" ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ވެސް އަދި ބަދަލުވެދާނެ. އަނެއްކާވެސް އަޅުގަނޑު މިއެދެނީ އަޅުގަނޑަށް ފުރުސަތު ދޭން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ އަނެއްކާވެސް ރައްޔިތުންނަށް ސިޔާސަތުތަކެއް ހުށަހެޅުއްވީ، ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެއްވަން ބޭނުންވާތީ ކަމަށެވެ.
"މި ދަންނަވަނީ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭނަމޭ. އަޅުގަނޑު ޖެހިލުމެއް ނުވޭ ބަލިވެދާނެތީ. އެ ވިސްނުމުގައި އަޅުގަނޑަކީ ފަހަތަށް ޖެހޭނެ މީހެއް ނޫން،" އުމަރު ވިދާޅުވި އެވެ.
ކެމްޕޭން މަޑުޖައްސާލީ އިދިކޮޅު ކެންޑިޑޭޓު އިއުލާން ކުރުމުން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ