ރަތްކުލައިގެ ފިނިފެންމަލަކުން އަހަންނަށް މަރުހަބާކީ އެޗް .އައި. ވީ އެވެ!

-މިވާހަކަޔަކީ އެއިޑްސްގެ ޝިކާރަޔަކަށްވެފައިވާ ކުއްޖެއްގެ ދުލުންކިޔައިދީފައިވާ ހަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ ލިޔުމެކެވެ. މިހާރުމިކުއްޖާވަނީ މިދުނިޔޭގެ ހަޔާތާއި ޢަލްވަދާޢު ކިޔާފައެވެ.-އެއީމީގެ ފަސްވަރަކަށް އަހަރުކުރިއެވެ. އަހަރެންގެ ހަޔާތުގެ އެންމެޒުވާންދުވަސް ވަރެވެ. މަދަރުސީ ހަޔާތްނިއްމާލުމަށްފަހު އަހަރެން އެންމެގަޔާވި މަސައްކަތުގެ ދާއިރާއިން ވަރަށް ރަނގަޅުވަޒީފާއެއް އަހަރެންހޯދީމެވެ. ރިސޯޓެއްގެ ވާރޓަރ ސްޕޯރޓް ސްކޫލްގެ ވަޒީފާއެކެވެ. އަހަރެންގެމައިގަނޑު މަސައްކަތަކީ ފަތުރުވެރިންނަށް ވިންޑްސާރފްކުރަން ދަސްކޮށްދިނުމާއި، ބަނާނާބޯޓް ދުއްވުމާއި އަދި ޖެޓްސީ ދުއްވުންފަދަ ކުޅިވަރުތަކުގައި ފަތުރުވެރިންނާއި ބައިވެރިވެ އެމީހުންނާއިއެކު ސަކަރާތުގައި މުޅިދުވާލު އެއްކޮށްހެން ހޭދަކޮށްލު މެވެ. ހަޤީގަތުގައިވެސް އެއީ ވަރަށްމަޖާ ވަޒީފާއެކެވެ. އެހާމެލާރިލިބެއެވެ.މިގޮތުގައި ދެއަހަރެއްހާ ދުވަސްވޭތުވެ ހިނގައްޖެއެވެ. އަހަރެން އާދައިގެމަތިން މަސައްކަތްއޮންނަ ގޮތުން ހެނދުނު ޑިޔުޓީއަށް އައިސް ކަނދުދުއްވާލަފައި އައިސް ގޮނޑުދޮށަށް ރާޅުޖަހާހިސާބުގައި މަޑުކޮށްލައިގެން އިންދައި އަހަރެންގެ ކޮނޑުމަތީގައި މަޑުއަތަކުން ޖެހުމުން ފަހަތައް އެނބުރި ބަލައިލީމެވެ. އަހަރެން ދުވަހަކުވެސް އެހާރީތި އަންހެންކުއްޖަކު ނުދެކެމެވެ. އޭ އަހަރެން ގޮވައިގެން ކަނދުދުއްވާލަންދެވިދާނެތަ ލަދުރަކިގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ. އަހަރެން ވަރަށްއަވަހަށް ކަނދުގެ ރިޔާނެގުމަށްފަހު ކުރިޔަށް އެރުމަށް ބުނީމެވެ. ކަނދު ދުއްވާލުމާއި އެކު ވިލުތެރޭގައިވާ ކުޑަފިނޮޅަށް ކައިރިކުރުމަށް އެކުއްޖާ އިޝާރާތްކޮއްލިއެވެ. އަހަރެން ދުއްވާފައި ގޮސް އަނބުރާލަން އުޅުމުގެ ތެރޭގައި ކަނދުއަރިއަޅައިލައިތަނާ އެއަންހެންކުއްޖާ ވިލްގެތެރެއަށް ވެއްޓުނެވެ. އަންހެންކުއްޖާ އަޑިޔަށްދާން ފެށުމުން އަހަރެން ކުއްލިޔަކަށް ފުއްމާލައި ކަނދަށް ކުއްޖާނެގީމެވެ. އޭ އަންހެންކުއްޖާ މަލާމާތުގެ ރާގަކަށް ހިލާފައި ބުންޏެވެ. ”އަސްލު އިނގޭތަ މަށަށް ފަތަންވެސް އިނގޭ އެކަމަކު ކަލޭމެން އަހަރެމެންނާ ދޭތެރެ ފަރުވާތެރިވާވަރު ބަލައިލީ” ! އަހަރެން ވަރަށްލަދުގަތެވެ. އަހަރެން އަނެއްކާވެސްދުއްވާފައި ގޮސްފިނޮޅާ ކައިރިކޮއްލީމެވެ. އެއަންހެންކުއްޖާ ” މީހާދަހިއްޤައިމު މާހައުލެކޭދޯ އަހަރެން ހިތައްއަރާ މިފަދަޤައުމެއްގެ ކުއްޖަކަށް އަހަރެންވީނަމައެވެ.” މިފަދަފޮނި ތުއި އިބާރާތްތަކަކުން އަހަރެންގެހިތް ލަންބުވާ ލިއެވެ. އަހަރެންވެސް ފަހުންލަދުކެނޑި މިކުއްޖާޔާ ވާހަކަދަކަންފެށިމެވެ. ހަޤިޤަތުގައިވެސް ވަރަށްޝީރިޔަސް ގޮތަކަށް އެކުއްޖާ މިރާއްޖޭގެ ކުއްޖަކާ އިންނަންބޭނުމޭ ބުންޏެވެ. އަދި މީއަހަރެން ވަރަށް ދުވަސްވަންދެންވެސް ކުރިއިންތިޒާރެއްކަމަށްބުނެ އަހަރެން ހިތައްހަމަރަނގަޅަށްވެސް ވަނެވެ. ގިނަވަގުތުތަކެއް ފިނޮޅުގައި ހޭދަކުރުމަށްފަހު ރިސޯޓަށް ދިޔައީމެވެ.އަދި ދެމީހުންވެސް ބައްދަލު ކުރުމަށްނިންމައި އެކުއްޖާގެ ވާހަކައިން އެނގުނުގޮތުގައި އެކަނި ޗުއްޓީ ހޭދަކޮއްލަން ރާއްޖެއަށް އައީވެސް މަންމަމެން މިކޮޅުން މީހަކާ އިނުމަށް ހުރަސް އަޅާފާނެތީއެވެ. އަދި ރާއްޖެއައިތާ ދެދުވަސްވެއްޖެ ކަމަށާއި، އަހަރެން ބޭނުންނަމަ ދާއިރު ދާނީ ކާއިވެނި ކުރާގޮތަށް ހުރިހާކަމެއް ނިންމާފައި ކަމަށްވެސް ބުންޏެވެ. އަދިއެރޭ އެކަމާ މަޝްވަރާކުރުމަށް ރޫމަށް އައުމަށްވެސް ދައުވަތު ދިނެވެ.އަހަރެންގެ ހިތައްހަމަރަނގަޅަށްވެސް ޝައިތާނާ އެހިސާބުން ސަވާރުވީ ކަމެއް އަހަރެންނަކަށް ނެނގެއެވެ. އެހާމުއްސަނދި ރީތިކުއްޖަކު އަހަރެންގެ ހަޔާތުގެބައިވެރިޔަކަށް ވާންބޭނުންވާތީއެވެ. އެރޭ ކެއުން ނިންމާލުމަށްފަހު ރިސޯޓްގެ އަތިރިމަތީގައި ހުރި ކުޑަރުކެއްގެ ކައިރީގައި އަހަރެން މަޑުކޮށްލައިގެން ހުއްޓައި މިކުއްޖާ އަހަރެންނަށް ގުޅިއެވެ. އަދި ނާންނާތީ މިއިނީ ވަރަށް ‘މިސް’ވެފައިކަމަށް ބުނުމުން އަހަރެން ވަރަށް ސިއްރުގޮތަކަށް ގޮސް މިކުއްޖާގެ ކޮޓަރިޔަށް ދިޔައީމެވެ.އަދި ކޮޓަރިޔަށް ވަނުމާއި އެކު ރަތްކުލައިގެ ފިނިފެންމަލަކުން މަރުހަބާ ކިޔެވެ. ވަރަށް ދެރަވާ ކަހަލަ ގޮތަކަށް އަހަންނާ ފުރަގަސްދީގެންހުރެ އަސަރުގަ ބަސްތަކަކުން އަހަންނާ މުހާތަބުކުރިއެވެ. ތިމަންނާޔަށް ދުވަހަކުވެސް ތިހާރީތި ކުއްޖަކާ ދިމާނުވާކަމަށާއި ހަޤީގަތުގައިވެސް ރާއްޖެ ދޫކޮށްފަ ދިޔުމަކީ ވަރަށް އުނދަކޫކަމަކަށް ވެއްޖެކަމަށާއި، ކުރިޔަށް އޮތްތަނުގައި ދިވެހިވަންތަ ދިރިއުޅުމެއް އުޅެން ބޭނުންކަމަށް ބުނެ އަހަރެންގެ މުޅި ހިތް އަނބުރާލިއެވެ. އެވަގުތު އަހަރެންގެ ނަފްސަށް ޝައިތާނާ ސަވާރުވީ ކިހިނެތްކަން އަހަންނަކަށް ބުނެދޭންވެސް ނޭނގެއެވެ. ވަރަށް ސީރިޔަސްވެހުރެ ބަދުއަޚްލާޤީ ފާޙިޝް އަރާމު ވަގުތީ ފޮނި ލައްޒަތާއެކު ގަޑިއެއްހާއިރުވަންދެން ލިބިގަތީމެވެ. އޭގެފަހުން މިއަންހެންކުއްޖާ އަހަންނާ މުހާތަބުކޮށް ބުންޏެވެ. ތިފަދަގޮތަކަށް އަހަންނާ ދުވަހަކުވެސް މީހަކު ‘މަރުހަބާ’ ކިޔާފައެއްނުވެއެވެ. ހަޤިގަތުގައިވެސް ސީރިޔަސް މީހުންނަކީތިއީއެވެ. މިފަދަ ފޮނިބަސްތަކަކުން މުހާތަބުކުރުމުގެ ތެރޭގައި އޮވެވުނެވެ. ވަރަށްބޮޑަށް ނިދިއައިސް މީހާމޯޅިވާގޮތް ވުމުން ކަންނެތްކަމާއި އެކު އެކުއްޖާގެ ފޮނިބަސްތައް އަޑުއެހުމުގައި އަހަރެންއޮތީ ދެންއެރޭ އެތާ ނިދާލާފައި ހެނދުނު އަވަހަށް ރޫމްބޯއީ އައުމުގެ ކުރިން ތެދުވެގެން ދިޔުމުގެބޭނުމުގައެވެ.އަހަންނަށް ހޭލެވުމާއިއެކު ގަޑިބަލައިލީމެވެ. ގާތްގަނޑަކަށް އޭރު ހަތެއްޖަހަނީއެވެ. ތެދުވިއިރު ފާހާނާގެ ބޮކިވަނީދިއްލާފައެވެ. އަންހެންކުއްޖާ ފެންނާކަށް ނެތެވެ. ފާހާނާގައިކަމަށް ހީކޮށްބައިގަޑިއެއްހާއިރު މަޑުކުރުމަށް ފަހު ތެދުވެރަނގަޅަށް ކޮޓަރިތެރެޔަށް ބަލާލީމެވެ. ނިދާފައިއޮތް ބާލީހުގެކައިރީގައި އެރަތްކުލައިގެ ފިނިފެންމަލާއި ސިޓީޔެއްކަހަލަ ކަރުދާސްކޮޅެއް ފަތްޖަހާފައި އޮތެވެ. އަހަރެން މިކަރުދާސްކޮޅު ނަގާހުޅުވާލީމެވެ. އަދިކިޔަންފެށީމެވެ.”ލޯބިއެވެ. އަހަރެން މިހާރު މިހުރީ ކަލާޔާއެތައްހާސް މޭލެއްދުރުގައެވެ. ހަޤީގަތުގައިވެސް އަހަރެންކަހަލަ ސީރިޔަސް މީހުން މިދުނިޔޭގައި އުޅޭނެކަން ތިބާ ނުދަންނަންހެއްޔެވެ. ހަޤީގަތުގައިވެސް ބުނަންހެއްޔެވެ. އަހަރެންނަކީ އަހަރެންގެ ހަޔާތް ބަރުބާދުވެފައިވާ މީހެއްކަން އެނގުނު ހިސާބުން ފެށިގެން، މިދުނިޔޭގެ އެކަކުވެސް ސަލާމަތުން ބެހެއްޓުމަކީ އަހަރެން ބޭނުންވާގޮތެއް ނޫނެވެ. އަހަރެންގެ މައިންބަފައިން ނަށްލިބޭ ލާރީގެ ބޮޑުބައެއް އަހަރެންގެ ހަޔާތުގެ އުފަލަށްޓަކައި ހޭދަކުރެއެވެ. އެހެންވެ ކަލެޔަށްވެސް ތިބާލީސްދަށުގައި 2000 ޑޮލަރު އޮންނާނެއެވެ. ކަލެޔަކީ މިހާރު އަހަރެން ކަހަލަ މީހެކެވެ. އެޗްއައިވީގެ ބައިވެރިޔެކެވެ. ދެންކުރިޔަށް އޮތްދުވަސްތައް އުފަލާއިއެކު ހޭދަކޮށްލާށެވެ.”އަހަރެން ބަލާކަށްނުހުރެ އަވަހަށް ރިޝެޕްސަނަށް ފޯނުކޮށްލީމެވެ. ރިޝެޕްސަނުން ޖަވާބުދިން ކުއްޖާ ބުނީ ތިރޫމް ނަންބަރުގައި އުޅުނުކުއްޖާ ރޭ 5:30 ގެފުލައިޓްން މިހާރު ފުރާފި ކަމަށެވެ.އެކުވެރިންނޭވެ. އަހަރެންއޭގެ ފަހުން ޑިޔުޓީއަށް ނުވެސް ދަމެވެ. އަދި އެއްވެސްމީހަކު ގާތުގައި މިވާހަކަ ނުބުނެހުރެ ހަފްތާއެއް ވީތަނާ ވަޒީފާއިން ވަކިވީމެވެ. އަދި އަމިއްލަރަށަށް ދިޔައީމެވެ.އެކުވެރިންނޭވެ! އަހަރެންގެ މުޅިހަޔާތް ބަރުބާދުވެގެން ދިޔައީ ކުޑަކުޑަހިނދުކޮޅަކަށް ހޯދާލި އުފަލެއްގެ ސަބަބުންނެވެ. އެކުވެރިންނޭވެ! ވިސްނާށެވެ. ހެއްދެވިފަރާތްދެކެ ބިރުވެތިވީނަމަ އަހަރެން ސަލާމަތް ވީސްކަންކަށަވަރެވެ. އެކުވެރިންނޭވެ. ވިސްނާށެވެ އަހަރެން ފާހިޝްކަމަކަށް އެންމެ ފަހަރަކުވެސް އަރައިނުގަނެވުނަމައޭ މިހާރު ހިތައްއެރުވިޔަސް ދެން ކުރާނެކަމެއްނެތެވެ. އެކުވެރިންނޭވެ. ކިރިޔާވެސް ނުސީދާމަގަކުން ނުދިޔުމަށް އަހަރެން ތިޔަ ހުރިހާ އެކުވެރިންނަށް ނަޞޭހަތްތެރިވަމެވެ. އީމާންކަން ވަރުގަދަކުރާށެވެ. އެހެންނޫނީ ދެދުނިޔޭގައިވެސް ސަލާމަތެއްނެތެވެ.އަޅުގަނޑުމެން އެންމެން މިނުބައި ވަބާއިން ސަލާމަތްކުރައްވާށި އާމީން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ