އަޚްލާޤީ ވިޓަމިން

ޒުވާން ފުރައިގެ ލިލީއަކީ ކިޔަވާނިމުމަށްފަހު ޗައިނާގެ އަވަށެއްގައި ދިރިއުޅެމުންދާ ވަރަށް ރަނގަޅު ކުއްޖެކެވެ. މީނާ ކައިވެނި ކޮއްގެން ފިރިމީހާގެ ގެއަށް ދިރިއުޅުން ބަދަލޮކޮއްފިއެވެ. ކުޑަ ދުވަސްކޮޅެއްތެރޭގައި  މިއަންހެން ކުއްޖާއަށް މީނާގެ މައިދައިތަޔާ އެއްގެއެއްގައި އުޅުމަށް ދަތިވާންފަށައިފިއެވެ. މަދުމަދުންނަމަވެސް ގޭތެރެއިން ޒުވާބުކުރުމުގެ އަޑު އިވެން ފަށައިފިއެވެ.މައިދައިތަގެ އަވަށްޓަރިއެއް ގެއަށް ޒިޔާރަތްކުރިޔަސް ލިލީގެ ގޯސްވާހަކަ އާއި ކަމުނުދާވާހަކަ ދެއްކުން އާންމުވާން ފަށައިފިއެވެ. ލިލީޔާ އޭނާގެ ފިރިމީހާ ޖިނާން މިކަމާ ވަރަށް ހިތްހަމަ ނުޖެހެއެވެ.ދެތިން އަހަރު މިގޮތަށް ޒުވާބުކުރުމާއި އެކަކު އަނެކަކަށް ޖެއްސުން ކުރުމުގައި ފާއިތުވެއްޖެއެވެ. މައިދައިތަގެ މިޒާޖަށް ކުޑަވެސް ބަދަލެއްނާދެއެވެ. އެންމެ ފަހުން ލިލީ ގޮތްދޫކޮށް އެމީހާ ބުނާހާ ގޮތެއް ހަދަން ފެށުމުން ވެސް ހަޅޭލުމެއް ނުހުއްޓުނެވެ. ލިލީއަށް ކެތްނުވާ ހިސާބަށް ދިއުމުން ނިންމީ ކޮންމެ ގޮތެއް ހަދާފައިވިއަސް މިކަމަށް ނިމުމެއް ގެންނާށެވެ.އެއްދުވަހު ލިލީ އޭނާގެ ބައްޕަގެ ވަރަށް ގާތް ބޭސްވެރިޔަކާ މިކަމާބެހޭގޮތުން މަޝްވަރާކުރިއެވެ. އެމީހާ ބުނީ އެމީހާ ބުނާގޮތެއް ހަދަނިކޮށް އެކަން މުޅިން ހައްލު ވެދާނެކަމުގައެވެ. ލިލީ ހުރީ ކޮންމެ ގޮތެއްހަދައިގެންވެސް މިކަމުން ސަލާމަތްވާން ބޭނުންވެފައެވެ.ލިލީގެ އަތަށް ކުޑަ ފުޅިއެއްދީފައި އެމީހާ ބުންޏެވެ. “މީތި މައިދައިތަ ކާއެއްޗެއްސައް ދުވާލަކު އެއްފަހަރު އަޅާށެވެ. ތިކަން މުޅިން ހައްލު ވެދާނެއެވެ. ދުވާލަކު ކުޑަ އެތިކޮޅަކުން މީތި ކާންދިނީމައި މައިދައިތަގެ ގައި ވިހަވާން ފަށާނެއެވެ. އަދި ހައެއްކަ މަސްތެރޭގައި މުޅިގަޔަށް ފެތުރި މައިދާތައިގެ ކަންތައް ނިމިދާނެއެވެ. އަދި މީތި ކާންދޭ ދުވަސްކޮޅު މައިދާތަޔާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނުމަށާއި އެމީހާއަށް އޯގާތެރިކޮށް ހިތުމަށް އެދުނެވެ.”ލިލީ ވަރަށް އުފަލުން ބޭސްވެރިޔާ ބުނިގޮތަށް ކަންތައްކުރާނެކަމުގެ ޔަގީންކަން ދިނުމަށްފަހު އެނބުރި ގެއަށް ހިނގައްޖެއެވެ.ހަފުތާތައް ފާއިތުވަމުންދެއެވެ. ލިލީ ކޮންމެ ދުވަހަކުވެސް ގަވާއިދުން މައިދައިތައަށް އެއްކަލަ ފުޅިން އެތިކޮޅުކޮޅު އަޅާފައި ކާންދެމުންދެއެވެ. އަދި މައިދައިތައަށް ވަރަށް ރަނގެޅެވެ. ބުނިއްޔާ ބުނިހާގޮތެއްހަދައެވެ. މައިދައިތަ ދެކެ ރުޅިއަޔަސް ބޭރަށް އެކަންފާޅުނުކޮށް އަމިއްލަ މަންމަ ކަމަށް ދެކިގެން ކިޔަމަންތެރިކަމާއި މަޑުމައިތިރި ކަމާއިއެކު އުޅެމުންދެއެވެ. ތިންމަސް ދުވަސް ތެރޭގައި ގޭތެރެ ހަމަޖެހި އަޑުމަޑުވާން ފަށައިފިއެވެ.ލިލީއަކީ މިހާރު މައިދައިތަގެ ބަސްއަހާ ކުއްޖަކަށް ވެއްޖެއެވެ. މައިދައިތަދެކެ ކުޑަކޮއްވެސް ރުޅިއަންނަކަން ނުދަށްކާތާ އަދި ދެ މީހުންގެ ދެމެދުގައި މައްސަލައެއް ނުޖެހޭތާވެސް ފަސްމަސްވަނީއެވެ. ލިލީއަށް މިހާރު މައިދައިތަ ކަމުދާން ފަށައިފިއެވެ. އަދި މައިދައިތަ އަށް ވެސް މިހާރު ލިލީ އާއި ދޭތެރޭ އަމިއްލަ ދަރިއެއް ފަދައިން ދެކެވެންފަށައިފިއެވެ. ގެއަށް އަންނަ މީހުންގެ ކައިރީ ލިލިގެ ރަނގަޅު ވާހަކަ ދައްކަން ފަށައިފިއެވެ. މިކަމާ ލިލީގެ ފިރިމީހާވެސް ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ލިލީ މިހާރު ކުޑަކޮއްވެސް ލިލީ އަތުން މައިދައިތަ މަރުވުމަކަށް ބޭނުމެއްނުވެއެވެ. މިހާރު ލިލީ ޒަހަރު ލައިފައި ކާންދެވުނީތީ ދެރަވެއެވެ.ޖެހިގެން އައިދުވަހު ލިލީ އެއްކަލަ ބޭސްވެރިޔާ ގާތަށް ދިޔައެވެ. އަދި ދެރަވެފައިވާ ހާލު ބުންޏެވެ. “އާދެސްކޮއްފައި މިބުނީ އަހަރެންނަށް އެހީވެދީ…! އަހަރެން ބޭނުމެއްނޫން އަހަރެންގެ މައިދައިތަ މަރާލާކަށް، އަހަރެންނަށް ހާދަ ރަނގަޅޭ މިހާރު، އަހަރެންނަށް މިހާރު ހަމަ ހީވަނީ އެއީ އަހަރެންގެ އަމިއްލަ މަންމަހެން.”ބޭސްވެރިޔާ ބޯޖަހާލުމަށް ފަހު ބުންޏެވެ. “ލިލީ ހާސްނުވާށެވެ. އަހަރެން އެއްވެސް ހާލެއްގައި ލިލީގެ އަތަށް ދިނީ ޒަހަރެއްނޫނެވެ. އެއީ ވިޓަމިން ފުޅިއެކެވެ. އެ ބޭނުންކުރުމުން ސިއްހަތަށް ދުޅަހެޔޮކަން ލިބުން ނޫން އިތުރު އެހެން އެއްވެސް ކަމެއް ނުވާނެއެވެ. އަސްލު، އަހަރެން ދިން އެއްޗެއްގެ ސަބަބަކުންނެއް ނޫން، މައިދައިތަ ބަދަލުވެގެން އެދިޔައީ، އެއީ ހަމަ ލިލީ އޭނާއަށް ހެޔޮކޮށް ހިތާ އޯގާތެރިކަމާއި އެކު މުޢާމަލާތްކުރުމުގެ ސަބަބުން، މައިދައިތަގެ ހިތުގައި ލިލީއާއި ދޭތެރޭ އޮތް ރުޅިވެރިކަމާއި ނަފުރަތު ލޯތްބަށް ބަދަލުވީ.”ލިލީ އުފަލުން ފޮޅިފައިވާ ޙާލު ގެއަށް ދިޔައެވެ.އާއެކެވެ. ތިބާއަށް އަނިޔާވެރިވެއްޖެ މީހާއަށް މާފުކުރާށެވެ. ތިބާއާ ގުޅުން ކަނޑައިފި މީހާއާ ގުޅުން ބަދަހިކުރާށެވެ. ތިބާ އެމީހެއްގެ ގާތަށް ދިއުމުން ތިބާގެ އެދުމަށް ފުރަގަސްދިން މީހާ، ތިބާގެ ގާތަށް އައިސް ކަމަކު އެދިއްޖެ ނަމައީ މަރުހަބާކިޔާށެވެ. އަހަރެމެންގެ މާތް ނަބިއްޔާ އަންގަވާ، އިރުޝާދުދެއްވާފައިވަނީ މިގޮތަށެވެ.(ނިމުނީ)އަސްލު: ނޫރުލްއިސްލާމް.ނެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ