”ގުޅިފައިވާ ފައުޖުތަކަށް އަފްޣާނިސްތާނުގައި ކާމިޔާބެއް ނުލިބޭނެ!“ -ޖެނެރަލް މެކް ކްރިސްޓަލް-

އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ ފައުޖުތަކުގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް މެކް ކްރިސްޓަލް.އަފްޣާނިސްތާނުގައި ގުޅިފައިވާ ފައުޖުތަކަށް ކާމިޔާބެއް ނުލިބޭނެކަމަށް، އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ ފައުޖުތަކުގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް މެކް ކްރިސްޓަލް ބުނެފިއެވެ.މެކް ކްރިސްޓަލް މިހެން ބުނެފައިވަނީ ތުރުކީގައި ބޭއްވުނު ނޭޓޯގެ ބައްދަލުވުމެއްގައެވެ.މެކް ކްރިސްޓަލް ބުނެފައިވާ ގޮތުން، އަފްޣާނިސްތާނުގެ ޙާލަތު އަދިވެސް ވަރަށް ނުރައްކައުތެރިއެވެ. އަދި މި ހަނގުރާމައިގައި ކާމިޔާބު ލިބުމަކީ އެއީ އަންދާޒާ ކުރަންވެސް އުނދަގޫކަމެއް ކަމަށެވެ.އަދިވެސް މެކް ކްރިސްޓަލް ބުންޏެވެ. ”މިހަނގުރާމައަކީ ޖިސްމާނީ ގޮތުން ކުރާ ހަނގުރާމައެއް ނޫން. އަދި ހަނގުރާމަ ބަރޯސާވަނީ، މަރާ މީހުންގެ ޢަދަދަކަށް ނޫން. ހިޞާރުކުރެވޭ ބިންތަކުގެ ޢަދަދަކުންނޫން. އަދި ގޮއްވާލެވޭ ފާލަންތަކުގެ ޢަދަދަކުންނެއް ނޫން. އެހެނެއްކަމަކު މިއީ ވިސްނުމުގެ މަތިން ކުރެވޭ ހަނގުރާމައެއް (ވިސްނުމުގެ މަތިން ކާމިޔާބު ކުރަން ޖެހޭ ހަނގުރާމައެއް) “މައިގަނޑު ގޮތެއްގައި މެކް ކްރިސްޓަލް ބުނެދޭން ބޭނުންވި މެސެޖަކީ މިހަނގުރާމަ ބަރޯސާވަނީ އަފްޣާނިސްތާނުގެ ރައްޔިތުންގެ މައްޗަށެވެ. އަފްޣާނިސްތާނުގެ ރައްޔިތުން ތިބީ ޠާލިބާނުންގެ ކޮޅުގައި ކަމުގައިވަންޏާ ހަނގުރާމަ ކާމިޔާބުވުން ގާތްވެގެންވަނީ ޠާލިބާނުންނަށެވެ. އަދި ރައްޔިތުން ތިބީ އެމެރިކާގެ ފައުޖުތަކާއި އެކުގައިނަމަ، ހަނގުރާމަ ކާމިޔާބުވުން ގާތްވެގެންވަނީ އެމެރިކާއަށް ކަމަށެވެ.މެކް ކްރިސްޓަލް މީގެ ކުރިން ބުނެފައިވަނީ އިތުރު ފައުޖުތައް ފޮނުވުމުން، އޭނާގެ ސްޓްރެޓެޖީ ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ވާހަކަތައް ބަދަލުވެ ހަޤީޤަތް ހާމަވާން ފަށައިފިއެވެ. ހަޤީޤަތަކީ އެމެރިކާގެ ފައުޖުތައް ވަނީ އަފްޣާނިސްތާނުގައި ވަރަށް ބޮޑަށް ބަލިވެފައެވެ. އަދި މިއާ ޚިލާފަށް ޠާލިބާނުން ވަނީ ﷲ ތަޢާލާގެ މަތިވެރި ފަޟުލުވަންތަވެރިކަމުން އަފްޣާނިސްތާނުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހާޞިލު ކޮށްފައެވެ.އަސްލު: ކްލިކް4އިސްލާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ