‘އަމާނާތް ބޮލުގައި ނޭޅޭ އެއްވެސް މީހެއް މިދުނިޔޭގައި ނުހުންނާނެ’ – ޝެއިޚް އަލީ ޒާހިރު

އަމާނާތް ބޮލުގައި ނޭޅޭ އެއްވެސް މީހެއް މިދުނިޔޭގައި ނުހުންނާނެ.’ ކަމަށާއި ވެރިންނާއި ރައްޔިތަކަށްވިޔަސް ވިޔަފާރި ވެރިޔަކަށް ވިޔަސް މަސްވެރިއަކަށް ވިޔަސް އަދި ދަނޑުވެރިއަކަށްވިޔަސް އެމީހަކާއި ހަވާލުކުރެވޭ އަމާނާތްތަކަށް އަދާކުރުމުގައި އިޚްލާސްތެރިވާންޖެހޭނެކަމަށް މިއަދު ހުކުރު ޚުތުބާގައި ޚަތީބު އައްޝެއީޚް އަލީ ޒާހިރުވަނީ ހުކުރު ނަމާދަށް ހާޒިރުވެ ތިބި އެތައް ސަތޭކަ މުސްލިމު ދިވެހިންނާއި މުޚާތަބުކޮށް ވިދާޅުވެފައެވެ.އުސްތާޒުން ފެށިގެން ދަރިވަރުންނާއި ޢިލްމުވެރިންނާއި އިމާމުންވެސް އަމާނާތުން ސަލާމަތްވެގެން ނުވާނެކަމަށާއި އެމީހަކަށް ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރަންޖެހޭނެކަމަށް ޝެއިޚް ވިދާޅުވެފައިވެއެވެ. ޒިންމާ އަދާނުކުރެވޭނަމަ ޤިޔާމަތް ދުވަހުން އެމީހަކު ލަދުގަނެ ފުރަގަސްދީ އެމީހަކު އަމިއްލަ ނަފްސަށް ހިތާމަކުރަންޖެހޭނެ ކަމަށްވެސް ޝެއިޚްވަނީ ވިދާޅުވެފައެވެ.މިއަދުގެ ހުކުރު ޚުތުބާ މުޅިންވެސް އަލިއަޅުވާލާފައިވަނީ ‘އަމާނާތްތެރިވުމާއި ބެހޭގޮތުން.’ ނެވެ. އެގޮތުން ނިކަމެތި އިންސާނާއަށް އަމާނާތްތަކަށް ހުރުމަތްތެރިކޮށް ނުހިތައިފިނަ ލިބޭނެ ގެއްލުމާއި ފާފައިގެ ވާހަކައިން ހަދާންކޮށްދެއްވާ އަމާނާތްތެރިވުމުގެ މުހިންމުކަމާއި ބެހޭގޮތުން ވަރަށް ފުރިހަމައަށް ޝެއިޚް އަލީ ޒާހިރުވަނީ ތަޤުރީރު ކުރައްވާފައެވެ.މިއަދުގެ ޚުތުބާ އެކުގައި ދަރުސްލައިވް.ކޮމްއަށް ވަނީ އަޕްލޯޑްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ